އައްޑޫ ސިޓީ މަރަދޫ މިރިޔާސްގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އައްޑޫ ސިޓީ މަރަދޫ މިރިޔާސްގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އައްޑޫ ސިޓީ މަރަދޫ, މިރިޔާސްގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީފުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ގޭގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު، އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑަށް ލިބުނީ ރޭ ދަންވަރު 1:50 ހާއިރުއެވެ.

އަދި މަޢުލޫމާތު ލިބުނު ވަގުތުން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.   

އެމްއެންޑީއެފުން މަޢުލޫމާތުދިން ގޮތުންގައި ފަޔަރފައިޓަރުން ކުރި މަސައްކަތުން އެގޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނީ ރޭ މެންދަމު 2:25 ހާއިރުއެވެ.

އަލިފާން ހާދިސާ ހިނގި މިރިޔާސްގޭގެ އަވަށްޓެރިން ރަސް އަށް މައުލޫމާތު ދޭގޮތުގައި މި ހާދިސާ ހިނގި ވަގުތު ގޭގެ ބޮޑުމީހުން ވަނީ ހޮސްޕިޓަލުގައެވެ. ގެގޭގައި ތިބީ ނިދާފައި ތިބި ކުދީން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ދެބުރި އިމާރާތުގެ ބޭރުގައި ހުރި ފެންޑާމުން ފިޔަވައި އިތުރު ތަނަކަށް ހުޅުހިފަފާއި ނުވާތީ އެއްވެސް މީހަކަ އަދި ކުއްޖަކަށްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް އަވަށްޓެރިން މައުލޫމާތު ދެއެވެ.

އަވަށްޓެރިން އިތުރަށް ކިޔައިދިން ގޮތުގައި އަލިފާން ރޯވެފައިވަނީ ދެބުރިއަށް ހުރި އެގެއަށް ވަންނަން ހުރި ފެންޑާމުގައެވެ. އެފެންޑާމަކީ ލަކުޑިއާއި ޓިނު އަދި ފުލައިވުޑް ފިލައިން ހަދާފައިވާ ދަތަނެކެވެ. ނަމަވެސް އެތަނުގައި ހުރި ކުޑަކުދިންކުޅޭ ސަމާނާއި ހިފައިގެންގެޅޭ ބައެއް ތަކެތީގެ އިތުރުން ކުޑަކުދީންގެ ބައިސްކަލް ފަދަ ތަކެތި ވަނީ އެއްކޮށް އަނދާ އަޅިއަށް ވެފައެވެ.

އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެ ހާދިސާގައި އަލިފާރޯވި ތަނުގައި ހުރި ސާމާނުތައް އެއްކޮށް ހުރީ އަނދާފައެވެ.

ފުލުންވެސް، ވިދާޅުވެފައިވަނީ އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު