ކުޅުދުއްފުށި ސިޓީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ، ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކުޅުދުއްފުށީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ފައިސާތަކެއް ފޭރިފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވަނީ 2026 އޭޕްރީލް 26 ވާ ހޮނިހިރު ދުވަހުގެ ރޭ 20:55 އެހާއިރުއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށްދިޔަ ނަމަވެސް، މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާލިބިފައިވަނީ ކުޅުދުއްފުށީގައި ވެލްޑަރެއްގެ ގޮތުގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތަކަށެވެ. މި ހަމަލާ ދީފައިވަނީ އެ ބިދޭސީ މީހާ ދިރިއުޅޭ ގޭގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.
އެ ބިދޭސީ މީހާއާ ހަވާލުވެ ހުރި ދިވެހި މީހާ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، މިއީ ވަރަށް ބޮޑަށް ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި، ބިދޭސީ މީހާ ގޭގައި އެކަނި އުޅެނިކޮށް ބަޔަކު ގޮސް ދޮރުގައި ޓަކިޖެހުމުން، ދޮރު ހުޅުވި ވަގުތު މޫނު ނިވާކޮށްގެން ތިބި ތިން މީހަކު ގެޔަށް ވަދެގަތެވެ. އަދި ކަޓަރަކުން ބިރުދައްކައި އޭނާ ހިފެހެއްޓުމަށްފަހު، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބު ކަފާލައިގެން ވޮލެޓް ވަނީ ފޭރިގަނެފައެވެ.
ބިދޭސީމީހާގެ ވޮލެޓުގައި އޮތް 33،500 އަށްވުރެ ގިނަ ރުފިޔާ ފޭރިފައިވާއިރު، ފައިސާ ފޭރުމުގެ ތެރޭގައި ހިންގި ކުރިމަތިލުމުގައި، ފޭރުނު މީހުން ވަނީ ކަޓަރުން ހަމަލާދީ ބިދޭސީ މީހާގެ ހަށިގަނޑުގެ ތިން ތަނަކުން ޒަހަމުކޮށްލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގި ވަގުތަކީ އެ ގޭގައި އުޅޭ އެހެން ބިދޭސީން ބޭރުގައި އުޅުނު ވަގުތެކެވެ. ހަމަލާގައި ޒަހަމުވި ބިދޭސީ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު