ސަރުކާރުން މައްސަލަތައް ތަހުގީގު ކުރުމުގައި ގެންގުޅޭ ހަމަހަމަކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)، ސުވާލު އުފައްދަވައި، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.
ވައްޑޭ މިފަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައި މިވަނީ، 'އަދަދު' ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްވާ ގޮތަށް ތައްޔާރުކޮށް އާންމުކުރި ޑޮކިއުމެންޓަރީއާ ގުޅިގެން، ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑޭ ވަނީ، ރައީސުލްޖުމްހޫރިއްޔާއާ ގުޅުންހުރި މައްސަލައެއް ބާރު ސްޕީޑުގައި ބަލަމުންދާއިރު، ރާއްޖޭގައި ހިނގާފައިވާ ބޮޑެތި އެހެން މައްސަލަތަކުގެ ތަހުގީގު ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، ދާދިފަހުން ތިން އޮފީހެއް އެކުއެކީގައި އަނދާ ހުލިވި މައްސަލައާއި، ސަރުކާރުން "މާލީ ބަގާވާތެއް" ކަމަށް ސިފަކުރި މައްސަލައިގެ ތަހުގީގަށް ވީގޮތެއް އޭނާ ވަނީ އޮޅުންފިލުވަން ބޭނުންވެފައެވެ.
މީގެ އިތުރުން، އެޗްޑީސީ އާއި ފެނަކައިގައި ހިނގާފައިވާ ކަމަށް ބުނާ ބޮޑެތި ވައްކަންތަކުގެ ތަހުގީގުތަކާއި، އެމްޕީއެލް އިން ވަގަށް ނެގި ސިނގިރޭޓު ކޮންޓޭނަރުގެ މައްސަލަ މިހާރު އޮތް ހިސާބަކާ މެދުވެސް ވައްޑޭ ވަނީ ސުވާލު އުފައްދަވާފައެވެ.
ވައްޑޭގެ ޕޯސްޓުގައި އޭނާ ވަނީ ވަރަށް ސީދާކޮށް، "އެލްސޯފާ މައްސަލަ ބަލާހެން މި ދެންނެވި މައްސަލަތައް ނުބެލެނީ ކީއްވެ؟" ކަމަށް ވިދާޅުވެ، ތަހުގީގީ އިދާރާތަކުން މައްސަލަ ބެލުމުގައި ގެންގުޅޭ އުސޫލުތަކާ މެދު ސުވާލު އުފައްދަވާފައެވެ.
ވައްޑޭ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި ވާއިރު، ޑޮކިއުމެންޓަރީގެ މައްސަލައިގައި އަދަދު ނޫހާމޭދު ފިޔަވަޅު އަޅަމުންދާތީ، ގިނަ ބަޔަކު ދަނީ ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު