ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ދިވެހި އެންމެހާ މަސައްކަތްތެރިންނަށް ތަޙުނިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހި ޤައުމު މިއަދު މިދެކޭ ކުރިއެރުމަކީ ސީދާ މަސައްކަތްތެރިންގެ ބުރަ މަސައްކަތާއި ވެފައިވާ ބޮޑު ޤުރުބާނީގެ ނަތީޖާ ކަމަށެވެ. އަދި ދިވެހިންނަކީ ކޮންމެފަދަ ދަތި އުނދަގޫ ހާލަތެއްގައި ވެސް، ހިތްވަރާއެކު ކުރިއެރުން ހޯދުމަށް މަސައްކަތްކުރާ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ފައިޞަލް ނަސީމް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް އަބަދުވެސް ބައްޓަންކުރަންވާނީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެމީހުންނަށް އިތުރު ކުރިއެރުން ލިބޭނެ މަގަށް ކަމަށެވެ.
މީގެ އިތުރުން، ކޮންމެ މަސައްކަތްތެރިއަކަށް ވެސް އެމީހަކު މަސައްކަތްކުރާ މާހައުލަކީ ސަލާމަތާއި ރައްކާތެރިކަން ފުރިހަމައަށް ޔަޤީންވެފައިވާ ތަނަކަށް ވާންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރީގެ ނައިބު ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ ރާއްޖޭގެ އެންމެހާ މަސައްކަތްތެރިންނަށް ޝުކުރު އަދާކުރައްވައި، ކުރިމަގުގައި ދިވެހި މަސައްކަތްތެރިންނަށް އިތުރު ފުރުސަތުތައް ހުޅުވި، އުޖާލާ ކުރިއެރުންތަކެއް ލިބިގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު