ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ބާޒާރުގައި އިތުބާރު ހޯދާފައިވާ މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން، ކަސްޓަމަރުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ދަނޑިއަލުވި ފުށުގެ އާ ޝިޕްމަންޓެއް ރާއްޖެއަށް އެތެރެކޮށް ބާޒާރަށް ނެރެފިއެވެ. މިއީ އާންމު ގޭބިސީތަކަށާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ކެފޭ ރެސްޓޯރެންޓްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.
ދިވެހިންގެ ސަގާފީ ކެއުންތަކާއި އެކި ބާވަތްތަކުގެ ފޮނިކާތަކެތި ތައްޔާރުކުރުމުގައި ދަނޑިއަލުވިއަކީ ކޮންމެހެން ބޭނުންވާ މުހިންމު ބާވަތެކެވެ. ނަމަވެސް، ތާޒާ ދަނޑިއަލުވި ބޭނުންކޮށްގެން އެއްޗެހި ތައްޔާރުކުރުމަކީ ގިނަ ވަގުތާއި ބުރަ މަސައްކަތް ހިނގާ ކަމެކެވެ. މަޑިހާއިން އެތެރެކޮށްފައި މިވާ ދަނޑިއަލުވި ފުށުގެ ސަބަބުން، ދަނޑިއަލުވި މަޮށުމާއި ގޭނުމަށް ހޭދަވާ ވަގުތާއި އުނދަގޫތަކުން ސަލާމަތްވެ، ވަގުތުން ބޭނުންކޮށްލެވޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.
މި ދަނޑިއަލުވި ފުށުގެ އެންމެ ބޮޑު އެއް ފައިދާއަކީ ބަދިގޭގައި ހޭދަވާ ވަގުތު އިންތިހާއަށް ކުޑަވެގެންދިއުމެވެ. ތާޒާ ދަނޑިއަލުވި ސާފުކޮށް، މަށައި އަދި ގާނަން ނުޖެހި، ކޮތަޅު ކަނޑާލުމަށްފަހު ވަގުތުން ބޭނުންކޮށްލެވޭތީ ބަދިގޭގެ މަސައްކަތްތައް ވަރަށް ބޮޑަށް ލުއިވެގެންދެއެވެ.
މީގެ ސަބަބުން ދުވަހުގެ ކެއުންތައް ތައްޔާރުކުރާ ގޭބިސީތަކަށާއި، ސަގާފީ ކެއުންތައް ވިއްކާ ކެފޭތަކުގެ އިތުރުން ގިނަ އަދަދަކަށް ކާބޯތަކެތި ތައްޔާރުކޮށްދޭ ކޭޓަރިންގ ޚިދުމަތްދޭ ފަރާތްތަކަށް މިއީ އެންމެ އެކަށީގެންވާ ހައްލެވެ. މި ފުށުގެ އޮމާންކަމާއި ފެންވަރު އެއްވަރަކަށް ހުރުމުގެ ސަބަބުން، ކާބޯތަކެތި ތައްޔާރުކުރުމުގައި ކޮންމެ ފަހަރަކުވެސް އެއް ފެންވަރެއްގެ މޮޅު ނަތީޖާއެއް ލިބިގެންދާނެކަމުގެ ޔަގީންކަން އޮވެއެވެ.
ދަނޑިއަލުވި ފުށަކީ ތަފާތު އެތައް ބާވަތެއްގެ ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރެވޭނެ ވަރަށް ފުރިހަމަ އުފެއްދުމެކެވެ. މީގެ ތެރޭގައި ދިވެހިންގެ އެންމެ މަގުބޫލު ދަނޑިއަލުވި ބޯކިބާގެ އިތުރުން، ދަނޑިއަލުވިން ތައްޔާރުކުރާ ތަފާތު ކޭކާއި، ފޭންކޭކާއި، އެކި ކަހަލަ ފޮނި އަދި ލުއިކާނާގެ ބާވަތްތައްވެސް ހިމެނެއެވެ. މީގެ އިތުރުން، ގްލޫޓެން ހިމެނޭ ތަކެއްޗާ ދުރުވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ބޭކަރީ އުފެއްދުންތައް ތައްޔާރުކުރުމުގައިވެސް މިއީ ވަރަށް ބޭނުންތެރި އެއްޗެކެވެ. މި ފުށުގެ ރަހަ މީރުވުމާއި އޮމާންކަމުގެ ސަބަބުން، ދިވެހި ސަގާފީ ކެއުންތަކުގެ އިތުރުން ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ ޒަމާނީ މެނޫތަކަށްވެސް މި ފުށް ވަރަށް ބޮޑަށް ފެތެއެވެ.
ސިއްހީ ގޮތުން ބަލާއިރުވެސް، ދަނޑިއަލުވި ފުށަކީ ހަށިގަނޑަށް ފައިދާހުރި ގިނަ ސިފަތަކެއް އެކުލެވޭ އެއްޗެކެވެ. މިއީ ގުދުރަތީ ގޮތުން "ގްލޫޓެން-ފްރީ" އެއްޗަކަށް ވާތީ، ގްލޫޓެންއާ ނުގުޅޭ މީހުންނަށް މިއީ ވަރަށް ރަނގަޅު ހައްލެކެވެ. ހަމައެހެންމެ، މިއީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ މުހިންމު ވަޞީލަތެކެވެ. ހާއްސަކޮށް ރޯދަމަހު މިއީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އެހެން ފުށުގެ ބާވަތްތަކާ އަޅާބަލާއިރު ހަޖަމުކުރަން ފަސޭހަވުމާއި، ސަރުބީ މަދުވުމުގެ އިތުރުން އެއްވެސް ކަހަލަ އާޓިފިޝަލް މާއްދާއެއް ނުހިމެނޭތީ މިއީ ސިއްހަތަށް ފައިދާހުރި ގުދުރަތީ އުފެއްދުމެކެވެ.
މަޑިހާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ކަސްޓަމަރުން ބޭނުންވަނީ ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ތަކެތި ލިބޭ
ނެ ގޮތްތައް ކަމަށެވެ. މި ދަނޑިއަލުވި ފުށާއެކު، ދަނޑިއަލުވި ގޭނުމުގެ ބުރަ މަސައްކަތް ކުރާކަށް ނުޖެހޭނެ ކަމަށާއި، މީގެ ސަބަބުން ވަގުތު ސަލާމަތްވުމުގެ އިތުރުން، އާންމުން އެދޭ އަސްލު ރަހަ ނުގެއްލި، ވަރަށް ފަސޭހަކަމާއެކު ތަފާތު ބާވަތްތައް ތައްޔާރުކޮށްލެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދަނޑިއަލުވި ފުށް މިހާރު މާލެ އަދި ހުޅުމާލޭގައި ހުންނަ "އުފަންވެލި" ފިހާރަތަކުންނާއި، މަޑިހާގެ ސަޕްލައި ނެޓްވޯކް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. ވަކިވަކިން ބައްލަވައިގަންނަ ފަރާތްތަކަށާއި ހޯލްސޭލްކޮށް ބޭނުންވާ ފަރާތްތަކަށްވެސް މިހާރު މި ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މަޑިހާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު