ދިވެހި މީޑިއާތަކަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުދޭ ފަދަ ބޮޑު ސަމާލުކަމެއް މި ސަރުކާރުން ދެމުންދާކަމަށާއި، ނޫސްވެރިންނަށް ޤާނޫނުއަސާސީން ލިބިދޭ ހުރިހާ ހައްޤުތަކެއް ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބެއްގައެވެ. ނޫސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ، މީޑިއާއަކީ ދައުލަތުގެ ތިން ބާރު ގުޅުވައިދޭ "ހަތަރުވަނަ ބާރު" ކަމަށެވެ. އަދި ޒިންމާދާރު ނޫސްވެރިކަމަކީ ރައްޔިތުން ބާރުވެރިކުރުވުމަށާއި ހާމަކަން ބޮޑު ޑިމޮކްރެޓިކް ނިޒާމެއް ހިންގުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިސްލާމްދީނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި ފުރުޞަތު ދީފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރަންވާނީ އަޚުލާޤީ މިންގަނޑުތަކުގެ ތެރެއިން، މުޖުތަމަޢުގެ މަޞްލަޙަތާއި އިންސާނީ އަބުރަށް އިޙްތިރާމްކޮށްގެން ކަމަށް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
"ދިވެހި ނޫސްވެރިންނަށް ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް އަރުވަމެވެ،" ރައީސްގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.
މީޑިއާތަކުގެ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ނޫސްވެރިންނަށް ޚާއްޞަ "މީޑިއާ ވިލެޖެއް" ބިނާކުރުމާއި، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެފައިވާ ވަޢުދުތައް ފުއްދަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރަށް އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ މަސްރަޙަށް ބައްލަވާލައްވަމުން، ބައެއް ޤައުމުތަކުގައި ނޫސްވެރިންނަށް ގަސްދުގައި ހަމަލާދީ މަރަމުންދާ ދިއުމާއި، ނޫސްވެރިންނަށް ދެމުންދާ އަނިޔާތައް ރައީސް ކުށްވެރިކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ފަތުރާ ދޮގު މަޢުލޫމާތާއި "ޑީޕް ފޭކް" ފަދަ ކަންކަމަށް ނޫސްވެރިން ސަމާލުވުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސްގެ ޚިތާބު ނިންމަވާލެއްވީ، މިނިވަން އަދި ރައްކާތެރި ނޫސްވެރިކަމުގެ މާހައުލެއް ޤާއިމުކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު