ރަށްރަށުގައި ގާއިމުކޮށް ނިމިފައިވާ ނަރުދަމާ ނިޒާމުތައް ބެލެހެއްޓުމަކީ އެންވަޔަރަމެންޓް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން އެ ދާއިރާގެ މެންބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު އަޒާން ވިދާޅުވީ ހިތަދޫ މެދު ދާއިރާގެ ނަރުދަމާ ނިޒާމު އެއްކޮށް ފެއިލްވެ، މަގުތަކަށް ނަޖިސް ބޭރުވެ ހަޑިވަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި މިހާރު ފެނަކައިން އެކަން ހައްލުކުރަން މަސައްކަތް ކުރަނީ ބައުޒަރެއް ކުއްޔަށް ނަގައިގެން މެނުއަލްކޮށް ޕަމްޕުކޮށްގެން ކަމަށް ވިދާޅުވެ، މިކަމަށް އޮތް ޕްލޭނަކީ ކޮބައިތޯއާއި ހައްލެއް ލިބޭނީ ކޮން ދުވަހަކުންތޯ މެންބަރު ސުވާލު ކުރެއްވިއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އަލަށް އާބާދުވާ ތަންތަނުގައި ނުވަތަ ނަރުދަމާ ނެތް ރަށްރަށުގައި އެ ނިޒާމު ގާއިމުކުރުމަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ މެންޑޭޓު ކަމަށެވެ. ނަމަވެސް ގާއިމުކޮށްފައިވާ ނިޒާމުތައް ބެލެހެއްޓުމާއި އެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ އެންވަޔަރަމެންޓް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ހިތަދޫގައި މިހާރު އޮތް ނިޒާމަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި "ބައިވޯޓާ" ކުންފުންޏާ ހަވާލުކޮށްގެން އެޅި ނިޒާމެއް ކަމަށެވެ. އެއީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ "ގްރެވިޓީ" ނިޒާމެއް ނޫން ކަމަށާއި، އެފަދަ ނިޒާމުތަކަށް މައްސަލަތައް ދިމާވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއަށް ހައްލު ކުރުމަށްޓަކާ އަޅުގަނޑުމެން ޖެހޭނީ ހަމަ އެކަށީގެންވާ ވަރުގެ ބަދަލުތަކެއް ގެންނަން. އެހެންނަމަވެސް ތިވިދާޅުވާ މަސައްކަތްތަކަކީ ސީދާ މި މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ އައްޑޫގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. ނަމަވެސް ހިތަދޫގައި މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރުމަކީ އެންވަޔަރަމެންޓް މިނިސްޓްރީއާއި ފެނަކަ ގުޅިގެން ކުރިއަށް ގެންދަންޖެހޭ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު