2026 ވަނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގައި، ތާވަލާ އެއްގޮތަށް އީރާނުން ބައިވެރިވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވެންކޫވަރުގައި ބޭއްވި ފީފާ ކޮންގްރެސްގައި އިންފަންޓީނޯ މިހެން ވިދާޅުވީ، ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން، އީރާނުގެ ބައިވެރިވުމާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ފީފާގެ އަހަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވަނީ އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގައި ވާދަކުރާ 48 ޓީމުގެ ތެރޭގައި އީރާނު ހިމެނޭނެ ކަމަށް ވިދާޅުވެފައެވެ.
"އެހެން ގޮތަކަށް ވާހަކަ ދައްކަން ނުވަތަ ލިޔަން ބޭނުންވާ ފަރާތްތަކަށް ސާފުކޮށް މި ބުނަނީ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި އީރާނުން ބައިވެރިވާނެކަން. އަދި އީރާނުގެ މެޗުތައް އެމެރިކާގައި ކުޅޭނެކަން އަޅުގަނޑު ކަށަވަރުކޮށްދެން،" އިންފަންޓީނޯ ވިދާޅުވިއެވެ.
އީރާނުގެ މެޗުތައް އެމެރިކާގެ ބަދަލުގައި މެކްސިކޯއަށް ބަދަލުކޮށްދިނުމަށް އެ ޤައުމުން އެދިފައި ވަނިކޮށް، އިންފަންޓީނޯ މިކަން ކަށަވަރުކޮށްދެއްވުމަކީ ފާހަގަކޮށްލެވޭ ނިންމުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބު ވަރަށް ސާދާއެވެ. އެއީ އެންމެން އެއްބައިވަންތަކޮށް، މީހުން ގުޅުވައިދިނުމަކީ ފީފާގެ ޒިންމާއަކަށް ވާތީއެވެ. "ފުޓްބޯޅައަކީ ދުނިޔެ އެއްބައިވަންތަކުރާ ވަސީލަތެއް،" އޭނާ ފާހަގަކުރެއްވިއެވެ. މެކްސިކޯގެ ރައީސް ކްލައުޑިއާ ޝޭންބައުމް ދާދި ފަހުން ހާމަކުރެއްވި ގޮތުގައި، އީރާނުގެ މެޗުތައް މެކްސިކޯއަށް ބަދަލުކުރުމަށް އެދި ހުށަހެޅި ހުށަހެޅުން ފީފާ އިން ވަނީ ބޭރުކޮށްލާފައެވެ.
މުބާރާތުގެ ތާވަލު ރޭވިފައިވާ ގޮތުން އީރާނުން ޖޫން 15 ގައި ލޮސް އެންޖެލިސްގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅޭނެއެވެ. އަދި ޖޫން 21 ގައި ބެލްޖިއަމާ ދެކޮޅަށް ލޮސް އެންޖެލިސްގައި، އަދި ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅޭނެއެވެ. ފީފާގެ 211 މެންބަރު ޤައުމުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ބައްދަލުވުމަށް ހާޒިރުނުވަނީ ހަމައެކަނި އީރާނެވެ.
މިދިޔަ ހަފުތާގެ ކުރީކޮޅު އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މެހްދީ ތާޖް، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގައި ކުރިން މަސައްކަތް ކުރައްވާފައިވާތީ، ފީފާގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކެނެޑާއަށް އެތެރެވުމުގެ ހުއްދަ އޭނާއަށް ވަނީ ނުލިބިފައެވެ. ނަމަވެސް، އިންފަންޓީނޯ ވަނީ އީރާނުގެ ޓީމު މުބާރާތަށް އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން، މުބާރާތް ބާއްވާ ދުވަސްވަރު މަސްރަހު އަމާންވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އީރާނުން މުބާރާތުގައި ބައިވެރިވުމަކީ ކޮންމެހެން ވާންޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން އީރާނުން މުބާރާތުން ވަކިވެދާނެ ކަމުގެ އިޝާރާތެއް ދީފައިވީ ނަމަވެސް، މިދިޔަ ހަފުތާގައި އީރާނު ސަރުކާރުގެ ތަރުޖަމާނަކު ވަނީ އެ ޤައުމުގެ ޤައުމީ ޓީމު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި މުބާރާތުގައި ކުޅުމަށް "ފުރިހަމައަށް ތައްޔާރު" ކަމަށް ވިދާޅުވެފައެވެ.

@dwnews FIFA President Gianni Infantino insisted Iran will play World Cup matches in the United States, even as the world football governing body's Congress began in the absence of the Iranian delegation. #dwnews ♬ original sound - DW News
އީރާނުގެ މެޗުތައް އެމެރިކާގެ ބަދަލުގައި މެކްސިކޯއަށް ބަދަލުކޮށްދިނުމަށް އެ ޤައުމުން އެދިފައި ވަނިކޮށް، އިންފަންޓީނޯ މިކަން ކަށަވަރުކޮށްދެއްވުމަކީ ފާހަގަކޮށްލެވޭ ނިންމުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބު ވަރަށް ސާދާއެވެ. އެއީ އެންމެން އެއްބައިވަންތަކޮށް، މީހުން ގުޅުވައިދިނުމަކީ ފީފާގެ ޒިންމާއަކަށް ވާތީއެވެ. "ފުޓްބޯޅައަކީ ދުނިޔެ އެއްބައިވަންތަކުރާ ވަސީލަތެއް،" އޭނާ ފާހަގަކުރެއްވިއެވެ. މެކްސިކޯގެ ރައީސް ކްލައުޑިއާ ޝޭންބައުމް ދާދި ފަހުން ހާމަކުރެއްވި ގޮތުގައި، އީރާނުގެ މެޗުތައް މެކްސިކޯއަށް ބަދަލުކުރުމަށް އެދި ހުށަހެޅި ހުށަހެޅުން ފީފާ އިން ވަނީ ބޭރުކޮށްލާފައެވެ.
މުބާރާތުގެ ތާވަލު ރޭވިފައިވާ ގޮތުން އީރާނުން ޖޫން 15 ގައި ލޮސް އެންޖެލިސްގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅޭނެއެވެ. އަދި ޖޫން 21 ގައި ބެލްޖިއަމާ ދެކޮޅަށް ލޮސް އެންޖެލިސްގައި، އަދި ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅޭނެއެވެ. ފީފާގެ 211 މެންބަރު ޤައުމުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ބައްދަލުވުމަށް ހާޒިރުނުވަނީ ހަމައެކަނި އީރާނެވެ.
މިދިޔަ ހަފުތާގެ ކުރީކޮޅު އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މެހްދީ ތާޖް، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގައި ކުރިން މަސައްކަތް ކުރައްވާފައިވާތީ، ފީފާގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކެނެޑާއަށް އެތެރެވުމުގެ ހުއްދަ އޭނާއަށް ވަނީ ނުލިބިފައެވެ. ނަމަވެސް، އިންފަންޓީނޯ ވަނީ އީރާނުގެ ޓީމު މުބާރާތަށް އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން، މުބާރާތް ބާއްވާ ދުވަސްވަރު މަސްރަހު އަމާންވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އީރާނުން މުބާރާތުގައި ބައިވެރިވުމަކީ ކޮންމެހެން ވާންޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން އީރާނުން މުބާރާތުން ވަކިވެދާނެ ކަމުގެ އިޝާރާތެއް ދީފައިވީ ނަމަވެސް، މިދިޔަ ހަފުތާގައި އީރާނު ސަރުކާރުގެ ތަރުޖަމާނަކު ވަނީ އެ ޤައުމުގެ ޤައުމީ ޓީމު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި މުބާރާތުގައި ކުޅުމަށް "ފުރިހަމައަށް ތައްޔާރު" ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު