ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން ހިންގާ ހަރަކާތްތަކާއި މުބާރާތްތަކަށްޓަކައި މުދައްރިސުންގެ ވަގުތާއި މަސައްކަތް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ، ޓީޗާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޓޭމް އިން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި އެންމެ ބޮޑު ބުރައެއް އުފުލައި، އެކަމަށްޓަކައި "ޤުރުބާން" ކުރެވެނީ ޓީޗަރުން ކަމަށެވެ. މިއީ މުޖުތަމަޢު ގަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް، ހިތްދަތި ހަގީގަތެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ސިފަކޮށްފައެވެ.
މި މައްސަލައިގައި ޓޭމް އިން ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކަށް ބަލާއިރު، އެސޯސިއޭޝަންތަކުން ރާވައި ހިންގާ އެކި މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކުރުވާއިރު، އެ ކުދިންގެ ބެލެނިވެރިކަމާއި ހުރިހާ ޒިންމާއެއް އުފުލަން ޖެހެނީ މުދައްރިސުންނަށެވެ. މުބާރާތްތައް ބާއްވާ ދަނޑުތަކާއި ކޯޓުތަކުގައި ދަރިވަރުން ގޮވައިގެން ގިނަ ވަގުތުތަކެއް ޓީޗަރުން ހޭދަކުރަންޖެހޭކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
ޓޭމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މުބާރާތްތަކަށް ކުދިން ތައްޔާރުކުރުމަށް ބާއްވާ ފަރިތަކުރުންތަކުގައި ވެސް ޑިއުޓީ އަދާކުރަން ޖެހެނީ ޓީޗަރުން ކަމަށެވެ. މިފަދަ މުބާރާތްތަކަށް ތައްޔާރުވުމަށް އެތައް މަސްދުވަހެއްގެ ބުރަ މަސައްކަތް ހޭދަވާއިރު، އެ ހުރިހާ ވަގުތެއްގައި ޓީޗަރުންގެ ދައުރު ބޮޑުކަމުން އެކަމުގެ ނޭދެވޭ އަސަރު ޓީޗަރުންގެ އަސްލު މަސައްކަތަށް ކުރާ ކަމަށް އެ ޖަމިއްޔާއިން ދެކެއެވެ.
"ކުޅިވަރު މުބާރާތްތަކަށް ޓީޗަރުންގެ ވަގުތު ހޭދަކުރުވުމަށްވުރެ، ދަރިވަރުންނަށް އުނގަންނައިދިނުމުގެ ތަޢުލީމީ ކަންކަމަށް އެ ވަގުތު ދެވިއްޖެނަމަ، ދަރިވަރުންނާއި މުޅި ގައުމަށް ލިބޭނެ ފައިދާ މާ ބޮޑުވާނެ،" ޓޭމްގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މި ކަންބޮޑުވުންތަކާ އެކު، ޓޭމް އިން ވަނީ ސަރުކާރަށާއި ކަމާބެހޭ މުއައްސަސާތަކަށް މުހިންމު އިލްތިމާސެއް ކޮށްފައެވެ. އެއީ އިންޓަރ ސްކޫލް މުބާރާތްތައް ހިންގުމުގެ ޒިންމާ ސްކޫލްތަކުގެ ހަތަރު ފާރުން ބޭރަށް ނެރެ، ޓީޗަރުންގެ ބުރަ ކުޑަކޮށް، އެ މީހުންނަށް ކިޔަވައިދިނުމުގެ މަސައްކަތަށް ފުރިހަމައަށް ހުސްވެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށެވެ.
މި މައްސަލައިގައި ޓީޗަރުންގެ މެދުގައި ބޮޑެތި ޝަކުވާތަކެއް ހުރިއިރު، ތަޢުލީމީ ދާއިރާގެ އިސްލާހީ ބަދަލުތަކުގެ ތެރެއިން މިފަދަ ކަންކަމަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު