އެސްޓީއޯއިން އަލަށް ފެށި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތާއެކު، އެ ކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން އެ ކުންފުނީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ އެސްޓީއޯއިން އާންމުކޮށްފައިވާ ރިޕޯޓުތައް ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޖުމްލަ އާމްދަނީގެ ގޮތުގައި 5.49 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައިވަނީ ތެލުގެ ވިޔަފާރިން ކަމަށްވާއިރު، ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ވަނީ 27 އިންސައްތަ އިތުރުވެފައެވެ.
މި ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ބަންކަރިންގ ޚިދުމަތުގެ ދަށުން ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ވިއްކި ތެލުގެ މިންވަރު ބޮޑުތަނުން އިތުރުވުމެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި ބަންކަރިންގ ޚިދުމަތުން އެކަނިވެސް 18 މިލިޔަން ލީޓަރުގެ ތެޔޮ ވަނީ ވިއްކާފައެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި ނުފޫޒުގަދަ ކުންފުންޏެއް ކަމަށްވާ ވިޓޯލް އާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ، ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ސިންދަފާތުކޮށް، ކަނޑުގެ އިޤްތިޞާދުން ނަފާ ހޯދުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.
އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ، މި ޚިދުމަތް ފުޅާވަމުންދާ ވަރަކަށް ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެ، އިޤްތިޞާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށެވެ.
އަދި ބަންކަރިންގ ވިޔަފާރިއަކީ ރާއްޖޭގެ ޖިއޮގްރަފީީ ސަރަޙައްދުގެ ބޭނުން ހިފައިގެން، ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ. މި ވިޔަފާރީގެ ސަބަބުން ކުރިމަގުގައި މެރިޓައިމް ދާއިރާއިން އިތުރު ވަޒީފާތަކާއި ވިޔަފާރީގެ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށްވެސް އެސްޓީއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު