މާލޭގެ އިމާރާތެއްގެ ފުރާޅުމަތީގައި ބުޅާ ތަކެއް
މާލޭގެ އިމާރާތެއްގެ ފުރާޅުމަތީގައި ބުޅާ ތަކެއް
މާލޭގެ އިމާރާތެއްގެ ފުރާޅުމަތީގައި ބުޅާ ތަކެއް "ބަހުސް" ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.

އާންމުވެފައިވާ މި ވީޑިއޯއިން ފެންނަނީ ގިނަ އަދަދެއްގެ ބުޅާ ތަކެއް އެއްވެ، އެސެމްބްލީއެއް ނުވަތަ މުހިންމު ބައްދަލުވުމެއް ބާއްވާ ފަދަ ގޮތަކަށް އަޑުގަދަކޮށް "ވާހަކަދައްކާ" މަންޒަރެވެ.





މި ވީޑިއޯއަށް ކޮމެންޓު ކުރި ގިނަ ބަޔަކު ސަމާސާ ރޫހެއްގައި ބުނެފައިވަނީ، މިއީ މާލޭގައި ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބުޅާތަކުން އަމިއްލައަށް ބާއްވާ "ޕެނަލް ޑިސްކަޝަން" އެއް ކަމަށެވެ.

އަދި ބައެއް މީހުން ވަނީ އެ ސަރަހައްދުގައި ހިނގާ ކަންކަމާ މެދު ބުޅާތައް ޝަކުވާ ކުރަނީ ކަމަށް ބުނެ މަޖާ ޝުއޫރުތައް ފާޅުކޮށްފައެވެ.

މާލޭގެ މަގުމަތީގައި ބުޅާ ގިނަވުމަކީ ފަހަކަށް އައިސް އާންމުންގެ ބޮޑު އެއް ޝަކުވާއަކަށް ވަނީ ވެގެންގޮސްފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެކަށީގެންވާ ހައްލެއް އެންމެ އެދެވޭ ގޮތެއްގައި ލިބިފައި ނުވާއިރު، ބުޅާތަކެއްގެ ފަރާތުން މިފަދަ ތަފާތު މަންޒަރެއް ފެނުމުން ގިނަ ބަޔަކު އަންނަނީ އެ ވީޑިއޯ ހިއްސާކުރަމުންނެވެ.

މި ވީޑިއޯއާ އެކު، ބުޅާތަކުގެ ހިމާޔަތަށާއި މާލޭގެ ސާފުތާހިރުކަމަށްޓަކައި ބުޅާ ފެސިލިޓީގެ މަސައްކަތް އަވަސްކުރުމުގެ މުހިންމުކަން ވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު