ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހުން ވަރަށް ތަފާތު މިސްރާބެއް ފެނިގެން ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.
ފިރާގް މިހެން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެރިކަން ކުރާ ޕީއެންސީން ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ރޭގެ ޖަލްސާގައި ފެނިގެންދިޔަ މާހައުލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިރާގް ވިދާޅުވީ، މެއި 14 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ޖަލްސާއަކީ ކުރީގެ ޖަލްސާތަކާ އަޅާބަލާއިރު ފުދޭވަރަކަށް އާދަޔާ ހިލާފު އިހުސާސެއް ކުރެވޭ ޖަޒުބާތުތަކެއް ދައްކުވައިދިން ޖަލްސާއެއް ކަމަށެވެ. އަދި މީގެ ކުރިން ދުވަހަކުވެސް ރައީސް މުއިއްޒު އެފަދަ ރާގެއްގައި އަދި ބަހުރުވައަކުން ވާހަކަފުޅު ދެއްކެވިތަނެއް ދެކެފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފިރާގް އިތުރަށް ވިދާޅުވީ، އެ ރޭގެ އިޙްސާސްތަކާއި ރިއެކްޝަންތަކުން މަންޒަރުގެ ފަހަތުގައި މިއަށްވުރެ ފުން ކަންތައްތަކެއް ހިނގަމުންދާކަން ދޭހަވާ ކަމަށެވެ. އާންމު ސިޔާސީ ޖަލްސާތަކާ ޚިލާފަށް، އެ ވަގުތުކޮޅަކީ ގިނަ ޕްރެޝަރުތަކަކާއި ކަންބޮޑުވުންތަކެއްގެ އިތުރުން ކުރިއަށް އޮތްތަނުގައި އުނދަގޫ ގޮންޖެހުންތަކެއް ހުރިކަން ވިސްނުނު ވަގުތުކޮޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެވެސް ވަރެއްގެ ބަދަލެއް އަތުވެދާނެ. ފަހަރެއްގައި ނިޒާމުގެ ތެރޭގައި އެތެރޭގެ ޕްރެޝަރު އުފެދި، އެ ޕްރެޝަރތައް އާންމުކޮށް ފެންނަން ފަށައިފާނެ،" ފިރާގް ވިދާޅުވިއެވެ.
މީގެ އިތުރުން، ސިޔާސީ ކަންކަމުގައި މިފަދަ ވަގުތުތަކެއް ފެންނަނީ ސަބަބެއް ނެތި ނޫން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ތަފާތު މިސްރާބަކަށް ބަދަލުވެގެން ހާމަވެދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ފިރާގް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު