މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާއެކު، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް މަހެއްގެ މައްޗަށް ކުރާ ހޭދަ 66 މިލިއަން ޑޮލަރު އިތުރުވެ، ޖުމްލަ 116 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ އެ ވުޒާރާގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ އެވެ.
މި ބައްދަލުވުމުގައި އަޙްމަދު ޢަލީ ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތައް ފެށުމުގެ ކުރިން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް މަހެއްގެ މައްޗަށް ޚަރަދުވަނީ ގާތްގަނޑަކަށް 50 މިލިޔަން ޑޮލަރު ކަމަށެވެ. ނަމަވެސް، މިހާރު އެ އަދަދު 116 މިލިޔަން ޑޮލަރަށް އުފުލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތެލުގެ ބޭނުން ހުރި މިންވަރަށް އަލިއަޅުވާލައްވަމުން އަޙްމަދު ޢަލީ ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް އެކަނިވެސް ދުވާލަކު 8،000 ފީފާގެ ޑީސަލް ބޭނުންވާ ކަމަށެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ 2.9 މިލިޔަން ފީފާގެ ޑީސަލެވެ.
"ރާއްޖެއަކީ ހަކަތަ އުފެއްދުމަށް ވަރަށް ބޮޑަށް ތެލަށް ބަރޯސާވެފައިވާ ޤައުމެއް. 2025 ވަނަ އަހަރަށް އެކަނި ބެލިނަމަވެސް ތެޔޮ އެތެރެކުރުމަށް 10 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ. މިއީ ރާއްޖޭގެ ޖީ.ޑީ.ޕީގެ ގާތްގަނޑަކަށް 10 އިންސައްތަ." އަޙްމަދު ޢަލީ ވިދާޅުވިއެވެ.
ހަމައެއާއެކު އޭނާ ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ފާއިތުވެދިޔަ ދެ އަހަރު ތެރޭގަ 157 ޖެނެރޭޓަރެއް އެތެރެކޮށް، އެކި ރަށްރަށުގައި ބެހެއްޓިފައިވާނެ ކަމަށެވެ. އަހުމަދު އަލީ ވިދާޅުވީ، މި 157 ޖެނެރޭޓަރުން 115 މެގަވޮޓްގެ ކަރަންޓް އުފައްދާނެ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދޭއިރު، ބޭރުގެ ހަނގުރާމަތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އިންތިހާއަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމަށެވެ. މިކަމަށް އޮތް ދާއިމީ ހައްލަކީ އިޔާދަކުރަނިވި ހަކަތައިން ހަކަތަ އުފެއްދުން ފަދަ ކަންކަން ފުޅާކޮށް، ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު