ހަލުއިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް 19 އާއި ގުޅޭ ކަންކަމުގައި ސިޔާސީ މީހުން ގޮތް ނުކިޔައި އެކަން ކުރުމަށް ސިއްޙީ ދާއިރާގެ ބޭފުޅުންނަށް ދޫކޮށްލުމަށް މަޖިލީހުގެ ކުރީގެ ނާއިބްރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.
ދުނިޔޭގައި މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް 19 ގެ ހާލަތާއި ބެހޭގޮތުންނާއި ރާއްޖޭގައި އެބައްޔާމެދު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައާއި އެހެނިހެން ވެސް ސިޔާސީ ހަރަކާތްތަކުގައި މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކާއި އެކި ފަންތީގެ ސިޔާސީ ބޭފުޅުން ވާހަކަ ދައްކަވައި ފާޑުވިދާޅުވެ ކަންކުރާންވީ ގޮތުގެ އިރުޝާދުވެސް ދެއްވާ ހައްދަވަމުން ގެންދަވައެވެ.
މިކަމަށް ފާޑުވިދާޅުވެ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް 19 ރޯގާއަކީ ޞިއްޙީ ދާއިރާގެ ތަޖުރިބާހުރި ބަޔަކު ފަރުވާތެރި ކަމާއެކު މުޅި ދުނިޔޭގައި ބަލަމުން ފިޔަވަޅު އަޅަމުން ގެންދާ ކަމަކަށްވާއިރު މިކަން ހައްލުކޮށް ކަމާގުޅޭ ފިޔަވަޅުތައް އެޅުމަށް ޞިއްޙީ ދާއިރާގެ ފަރާތްތަކަށް ދޫކޮށްލަން ވެއްޖެ ކަމުގައެވެ. އަދި މިކަމުގައި ސިޔާސީ މީހުން ގޮތްކިޔައި އިންތިޚާބީ އުކުޅަކަށް ނުހެދުމަށް ވެސް މޫސަ ގޮވާލައްވާފައި ވެއެވެ.
ކޯވިޑް 19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި އަދި ކުރިން ހިނގާފައިވާ ކަންކަމާއިމެދު އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. މިގޮތުން މިމައްސަލައިގައި ހެލްތު މިނިސްޓަރާއި މެދުވެސް ވަރަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. މީގެއިތުރުން ރާއްޖެއަށް މިބަލި އައުމަށް މެދުވެރިވި ކަމަށްބުނާ އިޓަލީގެ ފަތުރުވެރިޔާ ފުރުވާލި މައްސަލައިގައި އޭނާ ޗުއްޓީ ހޭދަކުރި ކުރެއްދޫ ރިޒޯޓުގެ އެންމެ އިސް ވެރިންނަށް ވަރަށް ހުތުރުކޮށް އިހާނެތި ބަސްތަކުން މަޖިލީހުގެ މެންބަރުން ފާޑުވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު