ހުޅުމާލެ ފަޅުތެރެއަށް، މޫދަށް ފޭބި ދިވެއްސަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކޯސްޓްގާޑުން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު އިރުއޮއްސި 18:30 ހާއިރުއެވެ.
ގެއްލިގެން ހޯދަމުންދަނީ ހުޅުމާލެ ސްޓެލްކޯ އިމާރާތާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށްޓަކައި މޫދަށް ފޭބި ދިވެހި ފިރިހެނެކެވެ.
މި މީހާ ހޯދުމުގެ މަސައްކަތް މެރިން ޕޮލިސް އާއި އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ގުޅިގެން މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެެވެ.

މިއަދުގެ 18:30 ހާއިރު ހުޅުމާލެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެމީހާ ހޯދުމުގެ މަސައްކަތް މެރިން ޕޮލިސް އާއި ކޯސްޓް ގާރޑް ގުޅިގެން ދަނީ ކުރަމުން. pic.twitter.com/I6IWcHtyiN
— Maldives Police (@PoliceMv) May 21, 2026
މި މީހާ ހޯދުމުގެ މަސައްކަތް މެރިން ޕޮލިސް އާއި އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ގުޅިގެން މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެެވެ.
ކިޔުންތެރިންގެ ހިޔާލު