ޒިނޭގެ ސީދާ ތުހުމަތު އެކުލެވޭ ފަދަ ސާފު ބަހެއް ނޫން ގޮތަކަށް، އެ ކަމުގެ ވަށައިގެން ދައްކާ އެހެން ވާހަކަތަކަކުން މީހެއްގެ މައްޗަށް ގަޒުފުގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވަނީ ގަޒުފުގެ ކުށުގެ ތަޢުރީފާއި އެކަން ސާބިތުވާނެ ގޮތްތަކާ ގުޅޭގޮތުން ޝަރުޢީ އަދި ޤާނޫނީ ގޮތުން ތަފްސީލްތަކެއް ދެއްވާފަ އެވެ.
ޑރ. ޖަމީލް ފާހަގަކުރެއްވި ގޮތުގައި ގަޒުފަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް ޞަރީޙަކޮށް އޭގެ ތަޢުރީފް ބަޔާންކޮށް، ޙައްދު ކަނޑައަޅުއްވާފައިވާ ބޮޑު ކުށެކެވެ. ގަޒުފުގެ ބަސްތައް ސީދާ ގޮތުންނާއި ނުސީދާ މާނަ ދޭހަވާ ގޮތަށް ބުނެވުނު ނަމަވެސް، ކުށް ސާބިތުކުރުމުގައި އެ ބުނި ބަހެއްގެ ސީދާ މާނަ ސާފުކޮށް އެނގެން އޮންނަން ޖެހޭނެ އެވެ.
އެގޮތުން، އަޑުއަހާ މީހާއަށްވެސް އެ ކުރެވެނީ ކަނޑައެޅިގެން ޒިނޭގެ ތުހުމަތުކަން ޔަގީންވާން ޖެހޭނެ ކަމަށާއި، އެ ނޫން ގޮތަކަށް ބުނެވޭ ބަހަކުން ނުވަތަ އިޢުތިރާފެއް ނެތި ގަޒުފުގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
މި ކަމުގެ އިތުރު ތަފްސީލް ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ، ގަޒުފު ސާބިތުކުރުމުގައި އެ ބުނެވުނު ބަހަކީ އަޑުއަހަން ހުރި މީހާއަށް އެއްވެސް އޮޅުމެއް ނެތް ސާފު ބަހަކަށް ވާންޖެހޭނެ ކަމަށެވެ. އެގޮތުން "މިއީ ޙަރާމް ދަރިއެކޭ" ބުނުން ފަދަ ސީދާ ރައްދުވާ ބަސްތަކުން ގަޒުފު ސާބިތުވާނެ ކަމަށް ބުނެ ޖަމީލް މިސާލު ދެއްވި އެވެ.
ޖަމީލް ވިދާޅުވީ ހަމައެކަނި ޝައްކުގެ މައްޗަށް ބިނާކޮށް ނުވަތަ "ހީވެއޭ" ބުނެ ދައްކާ ވާހަކައަކުން މި ކުށް ސާބިތެއް ނުކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުލްއުޤޫބާތާއި ޚާއްޞަ ޤާނޫނުތަކުގައި ޖިންސީ އެކި ފަންތީގެ ކުށްތައް ކަނޑައެޅިފައިވީ ނަމަވެސް، އެފަދަ އެހެން ކުށަކަށް ތުހުމަތު ކުރުމަކީ ގަޒުފަކަށް ނުވާނެ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.
ނިންމަވާލައްވަމުން ޑރ. ޖަމީލް ތަކުރާރުކޮށް ފާހަގަކުރެއްވީ، ގަޒުފުގެ ކުށުގެ ތެރެއަށް ފެތޭނީ މުޠުލަގުކޮށް (ކަނޑައެޅިގެން) ޒިނޭގެ ތުހުމަތު އެ ރައްދުވާ މީހާގެ ބޮލުގައި އެޅުވުމުން އެކަނި ކަމަށެވެ. މިއީ އިސްލާމީ ޝަރީޢަތުގައި އެއްވެސް ބަދަލެއް ނެތްގޮތަށް ކަނޑައެޅިގެން ބަޔާންވެގެންވާ ވަރަށް ސާފު އުސޫލެއްކަމަށް ޖަމީލް ވިދާޅުވި އެވެ.

KOR
ކިޔުންތެރިންގެ ހިޔާލު