ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވަނީ އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަޒާން ވިދާޅުވީ އެމްޑީޕީގެ މެންބަރުން ގިނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުނުވާ ކަމަށާއި، އޭގެ ބަދަލުގައި އެ ބޭފުޅުން ތިއްބަވަނީ ކުޑަދަށުގައި ސައިބޯން ވާހަކަދައްކަން ކަމަށެވެ.

ސަރުކާރު ޒިންމާދާރުކުރުވުމުގެ ފުރުސަތު އެމްޑީޕީގެ މެންބަރުންނަށް އޮތް ނަމަވެސް، އެކަން އެގޮތަށް ނުކުރާކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީގެ އެއްވެސް މެންބަރަކު ނިކުމެ އެ ޕާޓީގެ ވަޒީރުންނާ ސުވާލުކޮށްފައި ނުވާ ކަމަށެވެ.

މިއީ ހަމަ އެކަނި ދައްކާ ދެކޮޅުނުޖެހޭ ވާހަކަތަކެއް ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން ފެންނަން ހުރި ތަފާސްހިސާބުތަކަށް ބެލުމުންވެސް ވަޒީރުންނާ ސުވާލުކުރުމުގައި އިސްކޮށް އުޅުނީ ކޮން ބައެއްކަން ސާފުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޒާން އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރުމާއި ހިޖާސްތައް ހޯދައިދިނުމުގެ ހަގީގީ ރެކޯޑެއް އޮތީ ޕީއެންސީގެ މެންބަރުންގެ އަތުގައި ކަމަށެވެ. މިސާލެއްގެ ގޮތުން ދާއިރާގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވަނީ "ސޮޑާ" (ސައީދު) ގެ ނަން ފާހަގަކުރައްވައި، އޭނާއަކީ ކަންކަން ކުރުމުގައި ލާމަސީލު މިސާލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކައުންސިލަރުންނާއި ކައުންސިލް މެންބަރުންގެ ތެރެއިން އެންމެ ގިނައިން ރައްޔިތުންގެ ކަންކަމާ ގުޅިގެން މަސައްކަތްކުރާ އަދި އެންމެ މަގުބޫލު މެންބަރަކީ ސޮޑާ ކަމަށާއި، އޭނާ ކުރަމުންދާ މަސައްކަތްތަކުގެ ގިނަ މެސެޖުތަކެއްވެސް އެބަހުރި ކަމަށް އަޒާން ވިދާޅުވިއެވެ.

ޖަލްސާ ނިންމަވާލައްވަމުން އަޒާން ފާހަގަކުރެއްވީ، ސޮޑާ ކޮންމެފަހަރަކުވެސް ކަމަކު މާލެއަށް ކުރާ ދެދުވަހެއްގެ ކުރު ދަތުރެއްގައިވެސް، އެންމެ ގަޑިއިރެއް ލިބުނު ނަމަވެސް ވަގުތު ބޭކާރުކޮށްނުލާ ކަމަށެވެ.

އެގޮތުން ކޮންމެވެސް މިނިސްޓަރަކާ ގުޅުއްވައިގެން ބައްދަލުވުންތައް ބާއްވައި، ދާއިރާގެ އެކި މަޝްރޫއުތަކާއި ކަންކަން ކުރިއަށް ބާރުއެޅުމަށްޓަކައި މެދުކެނޑުމެއްެއް ނެތް މަސައްކަތްތަކެއް ކުރަމުންދާކަން އަޒާން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު