ބަންގްލަދޭޝްގެ ރޭޕް ކޭސް
ބަންގްލަދޭޝްގެ ރޭޕް ކޭސް
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޕައްލަބީ ސަރަހައްދުގައި އުމުރުން އެންމެ 8 އަހަރުގެ ރާމިސާ ރޭޕްކޮށް މަރާލި މައްސަލައިގެ ޑީއެންއޭ ޓެސްޓް ރިޕޯޓް، އެގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން މައްސަލަ ތަހުގީގުކުރާ އޮފިސަރާ ހަވާލުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ޑީއެންއޭ ރިޕޯޓުގެ އިތުރުން މި މައްސަލައާ ގުޅޭ ކެމިކަލް ޓެސްޓްތަކުގެ ރިޕޯޓްވެސް މިއަދުގެ ވަގުތެއްގައި ވަނީ ތަހުގީގު ޓީމާ ހަވާލުކޮށްފައެވެ.

ޕައްލަބީ ފުލުސް އޮފިސަރ ހަސަން ބާސިރު "ދަ ކަށަވަރުކޮށްދެއްވި ގޮތުގައި، މި ސައިންޓިފިކް ހެކިތައް ލިބުމާއެކު، މައްސަލައިގެ ތަހުގީގު ނިންމައި މާދަމާގެ ވަގުތެއްގައި ކޯޓަށް ދައުވާ އުފުލުމަށް ބޭނުންވާ ޗާޖުޝީޓު ހުށަހެޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ތަހުގީގު ކުރާ އޮފިސަރު ދަނީ ކުރަމުންނެވެ.

މި މައްސަލައިގައި އަނިޔާލިބުނު ކުއްޖާގެ ހަށިގަނޑުންނާއި، ކުށް ކުރި ސަރަހައްދުން އަދި ތުހުމަތުކުރެވޭ މީހުންގެ ކިބައިން ނެގުނު ސާމްޕަލްތަކުގެ ޑީއެންއޭ ދިމާވުމަކީ، ކުށް ސާބިތުކުރުމަށް ލިބުނު މުހިންމު ފޮރެންސިކް ހެއްކެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.

މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމަނާ ވިދާޅުވެފައިވަނީ ރާމިސާގެ ގާތިލުންނަށް ގާނޫނުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަށަވަރުކުރުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު