ހާޖީން ޢަރަފާތް ބިމަށް
ހާޖީން ޢަރަފާތް ބިމަށް
މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ދިވެހި ހާޖީންގެ ތެރެއިން އެންމެ ހާޖީއެއް ފިޔަވައި ހުރިހާ ހާޖީން ޢަރަފާތް ބިމަށް ވަދެފައިވާ ކަމަށް އިސްލާމިކު މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި ޢަރަފާތަށް ނުގެންދެވި މަޑުކުރަންޖެހުނު ހާޖީއަށް މިހާރު ދަނީ މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އަދި މާތް ﷲ ގެ އިރާދަފުޅާއެކު، ފަރުވާއަށްފަހު އެ ބޭފުޅާވެސް ޢަރަފާތުގެ ބިމަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ހާޖީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހައްޖު ކޯޕަރޭޝަންގެ އެހީތެރިންގެ ޓީމެއް އެ ބޭފުޅާއާއެކު ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ހާޖީންގެ ހުރިހާ ކަންކަންވެސް ވަރަށް ބަރާބަރަށް އަދި އޮމާންކަމާއެކު ކުރިއަށްދާކަން ފާހަގަކުރަމުން، މިނިސްޓަރ ވަނީ ހުރިހާ ކަމެއްވެސް ދަނީ ވަރަށް ރަނގަޅަށް ކަމަށް ބުނެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު