މަގުބޫލު ޒާރާގެ ފަރި ނެށުމެއް
މަގުބޫލު ޒާރާގެ ފަރި ނެށުމެއް
މި އަހަރުގެ ބޮޑުއީދާ ދިމާކޮށް ބ. ކަމަދޫގައި ކުރިއަށްދާ ފޯރިގަދަ އީދު ހަރަކާތްތަކުގެ ތެރެއިން، މަގުބޫލު ޒާރާގެ ފަރި ނެށުމެއް ފެނިގެން ހިނގައްޖެއެވެ.

ކަމަދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުގެ ކުރިމަތީގައި ޒާރާ ހުށަހަޅައިދިން މި ހިތްގައިމު ނެށުމާއެކު، އެ ރަށުގެ އީދު ފޯރި އިތުރަށް ގަދަވެގެން ގޮސްފައިވެއެވެ. އޭނާގެ ހުނަރުވެރި ހަރަކާތްތަކަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ކަމަދޫއަކީ ކޮންމެ އަހަރެއްގެވެސް ބޮޑުއީދުގައި ކުލަގަދަ އަދި ތަފާތު ހަރަކާތްތަކެއް ރާވައި ހިންގުމަށް މަޝްހޫރު ރަށެކެވެ.

އެގޮތުން މިފަހަރުގެ އީދުގައިވެސް ރަށުގެ އެކި ސަރަހައްދުތަކުގައި ސަގާފީ އަދި ޒަމާނީ ގިނަ ހަރަކާތްތަކެއް ކުރިއަށްދާއިރު، ރާއްޖޭގެ މަޝްހޫރު ފަންނާނުން މި ހަރަކާތްތަކުގައި ބައިވެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ.

ޒާރާގެ މި ހުށަހެޅުމަކީ މިއަހަރުގެ ކަމަދޫ އީދު ފެސްޓިވަލްގެ އެންމެ ފާހަގަކޮށްލެވުނު އެއް ހަރަކާތަށް ވަނީ ވެގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު