އަދަދު ނޫސްވެރިންކަމަށްވާ ޝަހުޒާންއާއި ލީވާން ޖަލުގައި ބަންދުކޮށްފައި ހުރި ގޮޅި ފާސްކުރަމުންދަނީ އެމީހުން ތިބި ގޮޅިން މޯބައިލް ފޯނެއް ފެނުމާ ގުޅިގެން، ޝަހުޒާންއާއި ލީވާން ވަކި ދެ ގޮޅިއަކަށް ބަދަލުކުރީ ޖަލުތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލުގެ ތެރެއިން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ، އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ނޫސްވެރިޔާ ޝަހުޒާން މިނިވަންވެ، އޭނާ ޖަލައްލައި، ވަކި ގޮތަކަށް އަމަލުކުރަމުން ދިޔައީ ސީދާ ރައީސް ޑރ. މުއިއްޒު އަންގަވައިގެން ބިރުދެއްކުމަށްކަމަށް ބުނެފައިވެއެވެ. މިކަން ދޮގުކުރައްވާ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޝަހުޒާން އަދި ލީވާން ހައްޔަރުކޮށްފައި ހުރި އިރު އަމަލުކޮށްފައިވާނީ ސީދާ ކަންކަން ކުރަން އޮންނަ އުސޫލުން ކަމަށް ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޝަހުޒާން މިކަމާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަކީ 100 އިންސައްތަ ދޮގު ވާހަކަތަކެކެވެ. މިނިސްޓަރު ވިދާޅުވީ އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން، 15 މޭ 2026 ވީ ހުކުރު ދުވަހުގެ ރޭގަނޑު 19:35 ހާއިރު ކަރެކްޝަންސްގެ އޮފިސަރުން ވަނީ ޝަހުޒާންއާއި ލީވާން ތިބި ގޮޅިއަށް ވަދެ، އެ ދެމީހުންގެ ހާޒިރުގައި އެ ގޮޅި ފާސްކޮށްފައިކަމަށެވެ. އަދި އެ ފާސްކުރުމުގެ ތެރެއިން، ގޮޅީގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި އަންނައުނުތަކުގެ ތެރެއިން މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފޯނު ފެނުމާ ގުޅިގެން، ޖަލުގައި ތިބޭ އެހެން ގައިދީންނަށްވެސް މިފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުގެ ދަށުން، އެ ދެމީހުން މޮނިޓަރ ކުރުމަށްޓަކައި ވަނީ ވަކި ދެ ގޮޅިއަކަށް ބަދަލުކޮށްފައެވެ. އަދި އޭގެ ފަހުންވެސް، ކުރިން އަމަލުކުރާ އުސޫލުން ވަކި އިންޓަވަލްތަކެއްގައި އެ ގޮޅިތައް ބަލައި ފާސްކުރަމުން ދިޔަކަމަށް ހޯމް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މިއީ ވަކި ގައިދީއަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަމެއް ނޫނެވެ. އަދި ޖަލުގެ މިފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮތް ނިންމަވާ ކަންކަމެއް ނޫން ކަމަށާއި، ރައީސް ދުވަހަކުވެސް ޖަލުގެ މިފަދަ އިންތިޒާމުތަކާ ގުޅޭގޮތުން އެއްވެސް އިރުޝާދެއް ދެއްވާފައި ނުވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ތިން ނޫސްވެރިއަކު ވަކިވަކިން ޝަހުޒާންއާއި ލީވާންއާ ގުޅޭގޮތުން ސުވާލު ކުރުމުން، މި ހަގީގަތް އެ ބޭފުޅުންނަށް ކިޔައިދީ ސާފުކޮށްދެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، އެއިން އެއްވެސް ނޫސްވެރިއަކު އެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދީ ރިޕޯޓެއް ނުވަތަ ޚަބަރެއް ލިޔެފައި ނުވާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ މައުލޫމާތު އާންމުކުރި ނަމަ، ޝަހުޒާން ހަދަނީ ދޮގުކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނުނު މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Shahzan mihadhany kandaelhigen 100% Dhogu. 15 May 2026 vana dhuvahu aammu faraathakun dhin mauloomaathakai gulhigen e reyge reygandu 19:35 gai Shahuzan aai Leevan aai dhe meehun jalugai bandhukohffai thibi golhi correctionsge officerun vadhe (mi meehunge haaziruga) balaa… https://t.co/ZFLNs1JVKx
— Minister of Homeland Security, Labour & Technology (@min_mohst) May 28, 2026
މީގެ އިތުރުން، ރާއްޖޭގެ ތިން ނޫސްވެރިއަކު ވަކިވަކިން ޝަހުޒާންއާއި ލީވާންއާ ގުޅޭގޮތުން ސުވާލު ކުރުމުން، މި ހަގީގަތް އެ ބޭފުޅުންނަށް ކިޔައިދީ ސާފުކޮށްދެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، އެއިން އެއްވެސް ނޫސްވެރިއަކު އެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދީ ރިޕޯޓެއް ނުވަތަ ޚަބަރެއް ލިޔެފައި ނުވާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ މައުލޫމާތު އާންމުކުރި ނަމަ، ޝަހުޒާން ހަދަނީ ދޮގުކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނުނު މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު