ޖަޕާނުގެ އާބާދީ ދަށަށް ދިޔުން
ޖަޕާނުގެ އާބާދީ ދަށަށް ދިޔުން
ޖަޕާނުގެ އާބާދީ ދަށަށް ދިއުމާއި، އުފަންވާ ރޭޓް ދުނިޔޭގެ ނިސްބަތުން އެންމެ ދަށް ގައުމުތަކުގެ ތެރޭގައި ހިމެނޭތީ، އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޓޯކިޔޯ ސަރުކާރުގެ މުވައްޒަފުން ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް އައު ސިޔާސަތެއް ވަނީ އެކުލަވާލާފައެވެ.

މި އިސްލާހުގެ ދަށުން، ކުދިން ބަލާ މައިންބަފައިންނަށް މަސައްކަތުގެ ވަގުތު ކުރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އާއިލީ ޒިންމާތައް، ހަމަހަމަ ގޮތެއްގައި ބެލެންސްކުރުމަށް މަގުފަހިކޮށްދިނުމެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޖަޕާނުގައި އުފަންވެފައިވަނީ 339,280 ކުދިންނެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 10,000 ކުދިންގެ ދަށްވުމެކެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރު ޓޯކިޔޯގެ ދަރިމައިވުމުގެ ރޭޓް (Fertility Rate) ވަނީ 0.99 އަށް ދަށަށް ގޮސްފައެވެ. މިއީ ގައުމެއްގެ އާބާދީ ހަމަހަމަކޮށް ހިފެހެއްޓުމަށް ބޭނުންވާ 2.1 ގެ ރޭޓާ އަޅާބަލާއިރު ކަންބޮޑުވާންޖެހޭ މިންވަރެއްގެ ދަށްވުމެކެވެ.

މި ބަދަލާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އުންމީދު ކުރަނީ، މަސައްކަތުގެ ބުރަކަން ކުޑަވެ، އަމިއްލަ ދިރިއުޅުމަށް އިތުރު ވަގުތު ލިބުމުން، ކައިވެނިކުރުމަށާއި ދަރިން ހޯދައި އާއިލާ ބިނާކުރުމަށް ޒުވާނުންގެ މެދުގައި އޮތް ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު