މަރިޔަމް ތޮފާނާ
މަރިޔަމް ތޮފާނާ
މަންގްރޫވް އައިލެންޑް ނުވަތަ ކުޅި ފާނައިގެ ރަށުގެ ނަމުން މަޝްހޫރުވެފައިވާ ނ. ކެނދިކުޅުދޫގައި މިއަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބައިވެރިވުމަށް މަޝްހޫރު ފަންނާނު މަރިޔަމް ތޮފާނާ އެ ރަށަށް ޒިޔާރަތްކޮށްފިއެވެ.

އީދުގެ މުނާސަބަތުގައި އެ ރަށުގައި ކުރިއަށްދިޔަ ހާއްސަ ސްޓޭޖް ޝޯތަކުގައި ތޮފާނާ ހުށަހަޅައިދިން ފަރި ނެށުންތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، ބޮޑު ތަރުހީބަކާއި ތައުރީފެއް ވަނީ ލިބިގެންގޮސްފައެވެ.





ކެނދިކުޅުދޫގައި މިއަހަރުގެ އީދު ފާހަގަކުރުމަށްޓަކައި ހަމައެކަނި ސްޓޭޖް ޝޯތަކެއްގެ އިތުރުން، ރަށުގެ ރައްޔިތުންނާއި ޒިޔާރަތްކުރި ފަރާތްތަކަށް އަމާޒުކޮށްގެން ކުލަގަދަ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޭގެ ތެރޭގައި ސަގާފީ ކުޅިވަރުތަކާއި އެކި ކަހަލަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭއިރު، މިއީ ފަހަކަށް އައިސް އެ ރަށުގައި މިހާ ފޯރިއާއެކު އީދު ފާހަގަކުރި އެއް ފަހަރުކަން ފާހަގަކޮށްލެވެއެވެ.





މިއަހަރުގެ އީދު ކުޅިވަރުތަށް ރަށު ފެންވަރުގައި ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ ފާހަގަ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު