އައްޑޫ އީދު ސަމާގެ ހަރަކާތްތައް
އައްޑޫ އީދު ސަމާގެ ހަރަކާތްތައް
އައްޑޫ އީދި ސަމާ 1447 ގެ ހަރަކާތްތައް އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައިވެސް ފޯރިއާއެކު ކުރިއަށް ގެންގޮސްފައިވާއިރު، މިރެއަކީ އީދި ސަމާގެ ހަރަކާތްތައް ނިމިގެންދާ ރެއެވެ.

"ރަސް" އަށް މައުލޫމާތު ދެމުން އައްޑޫ އީދި ސަމާ މަރަދޫގެ މީޑިއާޓީމުގައި އިސް ހަރަކާތްތެރިވާ ރިޒްނާ ޒަރީރު ވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ފޯރިގަދަ ހަރަކާތްތަކުގެ ތަފްޞީލުތައް ހިއްސާކުރައްވާފައެވެ. ރިޒްނާ ވިދާޅުވި ގޮތުގައި، މިރެއަކީ މަރަދޫގައި ކުރިއަށްދާ އީދި ސަމާ 1447ގެ އެންމެ ފަހު ރެއަށް ވުމާއެކު، މިއީ މުޅި އެ ރަށުގެ ރައްޔިތުންނަށް ވަރަށް ޚާއްޞަ އަދި އެހާމެ ބޮޑު އިންތިޒާރެއް ކުރެވެމުންދާ ރެއެކެވެ.

އެގޮތުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފްވެރިކޮށްދެވާ އީދި ސަމާގެ ކުޅިވަރުތައް ނިންމާލުމުގެ ގޮތުން މިރޭ ބާއްވާ ދަންޑެހެލެ ވައުދެވުމުގެ ފައިނަލް މެޗުތަކުގެ އިތުރުން، އިއްޔެ ހަވީރު މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކުރަން ޖެހުނު ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައްވެސް މިރޭ ކުރިއަށްދާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިރޭގެ ޚާއްސަ އިނާމްތަކުގެ ތެރޭގައި ތަހީ އުމުރާ ގުރޫޕުން ހުށަހަޅާފައިވާ ދެ އުމުރާ ދަތުރާއި ދަ ޓްރެވަލާގެ ފަރާތުން އާއިލީ ހަވީރަށް ހުށަހެޅި އުމްރާ ދަތުރު ލިބުނު ފަރާތްތަކަށް އެދަތުރުތައް ހަވާލުކުރުމާއި އީދި ސަމާގެ އެކި ކުޅިވަރުތަކުން ވަނަތަށް ހާސިލް ފަރާތަކަށް އަގުހުރި ތަފާތު އިނާމުތައް ދިނުން މިރޭގެ ރަސްމިއްޔާތުގައި އޮންނާނެއެވެ.

މިރޭގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދި ތަފާތު އެއް ކަމަކަށް ވާނީ، މަރަދޫގެ އުޑުމަތި ދިއްލާލާނެ ވަރަށް ސަޅި، ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތް ކަމަށް ރިޒްނާ ވިދާޅުވިއެވެ.

އެހެންކަމުން، މި ހުރިހާ ފޯރިގަދަ ކަންތައްތަކެއް ބަލާލުމަށާއި މިއުފަލުގައި ބައިވެރިވުމަށްޓަކައި، ރަށުގެ ހުރިހާ ރައްޔިތުން އަދި އައްޑުސީޓީގެ އެހެން އަވަތްތަކުންވެސް ވިހާވެސް ގިނަ ރައްޔިތުން މިރޭ މަރަދޫ ބަނދަރު ސަރަހައްދަށް ޖަމާވުމަށް މަރަދޫ އީދިސަމާ އިންތިޒާމް ކޮމިޓީގެ ވަރަށް ބޮޑު އެދުމެކެވެ.



ކިޔުންތެރިންގެ ހިޔާލު