ގއ. ގެމަނަފުށީގައި ރޭ ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި ބިދޭސީ މީހާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި، ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ 11:00 އެހާއިރު ގެމަނަފުށީގައި ދިރިއުޅޭ ދެ ބިދޭސީއެއްގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތަކަށެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އަނިޔާވި މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގެމަނަފުށީ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، ލިބިފައިވާ ޒަހަމްތަކަށް ބަލައި އިތުރު ފަރުވާއަށް އެ ރަށުން ފުރަތަމަ ގެންދިޔައީ ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށެވެ. އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، މިހާރު އޭނާ ވަނީ ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ.
ޒަހަމްވި މީހާގެ ހާލަތާ ގުޅޭގޮތުންނާއި އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް، މި މައްސަލައާ ގުޅިގެން މާރާމާރީ ހިންގި ސަރަހައްދުން ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު