އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ފެންވަރެއްގައި ކުރިއަށް ގެންދަވާ ޞިއްޙީ ޝާމިލް އިޞްލާޙީ މަސައްކަތްތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަރުޙަބާ ވިދާޅުވެ، އެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޚާއްސަ ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވަނީ ރައީސް މުޢިއްޒު ކުރައްވަމުންދާ މި މުހިންމު މަސައްކަތްތަކަށް ހިތްވަރު ދެއްވައި، އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޞިއްޙީ ދާއިރާއިން ގެންނަވާ މިފަދަ ބޮޑެތި ބަދަލުތަކަކީ މުޅި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

މީގެއިތުރުން، ޑރ. ޝަހީމް ބަޔާންކުރެއްވި ގޮތުގައި، ނުރަނގަޅު އާދަތަކުން މީހުން ދުރުހެލިކުރުވުމަށްޓަކައި ވިސްނައިދީ، އެހީތެރިވެ، ހިތްވަރު ދިނުމުގެ މި އުޞޫލަކީ އިސްލާމީ ޝަރީޢަތުގައިވެސް އޮންނަ މަތިވެރި އަދި ރީތި އުޞޫލެކެވެ. ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ޞިއްޙީ އިޞްލާޙީ ސިޔާސަތުތަކުން އިސްލާމީ މި މަތިވެރި އުޞޫލުތައް ފެނިގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝަހީމްގެ ވަނީ ރައީސް މުޢިއްޒުގެ މި ނިންމެވުންތަކަކީ މުޅި ޤައުމުގެ ޞިއްޙީ ދުޅަހެޔޮކަމަށްޓަކައި އެޅިގެންދާ ވަރަށް ހަރުދަނާ އަދި ތާރީޚީ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ. މި ސިޔާސަތުތަކުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ ޞިއްޙީ ގޮތުން ދުޅަހެޔޮ، އަދި ނޭދެވޭ އާދަތަކުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު