ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމަށް ދެ ބޭފުޅެއްގެ ނަން މިއަދު ހުށަހަޅައިފިއެވެ.
މަޖިލިހުގެ ނައިބު ރައީސް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. އެ ނަމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.
މަޖިލިހުގެ ނައިބު ރައީސް ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޒިޔާދު (ފިއްޓެ) ގެ ނަމެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައިބުރައީސް އިންތިޚާބު ކުރުމުގެ ސިއްރު ވޯޓުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
އެ ވޯޓުގެ ކަންކަން ކުރިއަށްގެންދިއުމަށް މަޖިލީހުގެ ގަވާއިދުގެ 7 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ވަނީ ހޮވާފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މެންބަރު ހުސްނީ މުބާރިކާއި މެންބަރު އަހްމަދު ޒަމީރާއި، މެންބަރު ޑރ.އަނާރާ ނައީމާއި، މެންބަރު އިބްރާހީމް ނާޒިލު އަދި އަމިއްލަ މެންބަރެއްގެ ގޮތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނެވެ.
ކޮމިޓީ އެކުލަވައިލުމަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހެވެ. ފަލާހުގެ ހުށަހެޅުއްވުމަށް އަބްދުއްލަތީފު މުހައްމަދު ތާއީދުކުރެއްވިއެވެ. އަދި އެ ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 65 މެންބަރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު