ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި ސަރުކާރުން ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިރާޤް ވިދާޅުވީ، ކޮންމެ ސަރުކާރަކުން ވެސް ގޯސްތަކެއް ހެދި ނަމަވެސް، ހަމަ ކޮންމެ ސަރުކާރަކުން ވެސް ރަނގަޅު ކަންތައްތަކެއް ހާސިލްކުރާ ކަމަށެވެ. އަދި ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކާއިރު، އެކަން ގަބޫލުކުރަން ދެކޮޅު ހަދާ ބަޔަކު އަބަދުވެސް ތިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އިޝާރާތް ކުރައްވައި ފިރާޤް ވިދާޅުވީ، މާޒީގެ ގޮންޖެހުންތަކާއި ތަޖުރިބާތަކުން ސަރުކާރަށް އަގުހުރި ފިލާވަޅުތަކެއް ލިބިފައިވާނެ ކަމަށެވެ. އަދި އެ ފިލާވަޅުތަކުގެ އެހީގައި މުސްތަޤްބަލަށް ރަނގަޅު ނިންމުންތަކެއް ނިންމުމުގެ ހިތްވަރު ސަރުކާރުގައި ހުންނާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ފިރާޤް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ރައްޔިތުންނަށް ކޮށްދޭނެ ކަމުގެ ފުރިހަމަ އުންމީދުގައި އޭނާ ހުންނެވި ކަމަށެވެ.
ފިރާޤު މިހެން ވިދާޅުވެފައިވާއިރު މިދިޔަ ކައުންސިލް އިންތިޚާބުގައި ލިބުނު ނާކާމިޔާބަށްފަހު ސަރުކާރުން ދަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު