އއ. ތޮއްޑޫގައި ހުރި ކުޅިވަރު ކުޅޭ ހުރިހާ ތަންތަނެއް، ކޮންމެ ނަމާދު ވަގުތަކާ ދިމާކޮށް 30 މިނެޓަށް ބަންދުކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ތޮއްޑޫ ކައުންސިލުން މިކަމާ ގުޅޭގޮތުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އިސްލާމީ ރިވެތި އާދަތަކަށް ބާރުއެޅުމަށާއި ނަމާދު ވަގުތުތަކަށް އިހުތިރާމް ކުރުމުގެ ގޮތުން، ރަށުގެ ކުޅިވަރު ކުޅޭ ހުރިހާ ތަންތަނެއް ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓަށް ބަންދުކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، ކައުންސިލުން ވަނީ ކުޅިވަރު ކުޅުން މަނާ އިތުރު ވަގުތުތަކެއްވެސް ކަނޑައަޅާފައެވެ. އެގޮތުން، ކޮންމެ ދުވަހެއްގެ އިރުއޮއްސި 06:00 އިން ފެށިގެން ރޭގަނޑު 08:00 އާ ދެމެދުގައާއި، ހުކުރު ދުވަސްދުވަހުގެ ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 02:00 އާ ދެމެދު ކުޅިވަރު ކުޅޭ އެއްވެސް ތަނެއްގައި ކުޅިވަރު ކުޅުމަކީ މަނާކަމެއް ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ތޮއްޑޫ ކައުންސިލުން މިގޮތަށް ނިންމާފައި މިވަނީ، ސަރުކާރުން ހިންގާ ކުޅިވަރު އިމާރާތްތަކާއި ދަނޑުތަކުގައި ނަމާދު ވަގުތުތަކަށް ކުޅިވަރު ކުޅުން މެދުކަނޑާލަން ޖެހޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު