އައްޑޫ ސިޓީ ކައުންސިލްގެ މާލީ މުޢާމަލާތްތަކާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންތައްތަކަކީ ގާނޫނާ ޚިލާފު ނުވަތަ ނާޖާއިޒު މަންފާއެއް ހޯދުމަށް ކޮށްފައިވާ ކަންކަން ނޫން ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ 2022 އާއި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާއި، 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތަކާ ގުޅިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.
އޮޑިޓް ރިޕޯޓުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ އުސޫލުތަކާ ޚިލާފަށް ކައުންސިލުން ކުރި ތަޖުރިބާ ދަތުރުތަކެވެ. އެގޮތުން 2023 އަދި 2024 ވަނަ އަހަރުގެ ތެރޭގައި މެލޭޝިއާ، ސިންގަޕޫރު އަދި ތައިލެންޑަށް ކުރި ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. ނަމަވެސް ނިޒާރު ވިދާޅުވީ، މިއީ ކައުންސިލަރުންގެ ތަމްރީނަށް ކުރި ހަމައެކަނި ދަތުރު ކަމަށާއި، މިއީ ސިންގަޕޫރުގެ ކަމާގުޅޭ ފަރާތްތަކާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދިޔަ ތަމްރީނުތަކެއް ކަމަށެވެ.
ބިމުގެ މުޢާމަލާތްތަކާ ގުޅޭގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބައެއް ބިންތަކަށް އިޢުލާނުކުރުމެއް ނެތް ގޮތުގައި ބޮޑެތި ބައިތަކެއް އިތުރުކޮށްދީފައިވާ މައްސަލައެވެ. މިކަމާ ގުޅިގެން މޭޔަރު ވިދާޅުވީ، އެއީ ވަކި މީހަކަށް މަންފާއެއް ދިނުމަށް ކުރި ކަމެއް ނޫން ކަމަށާއި، އެއީ ފަތުރުވެރިކަމުގެ ޒޯނެއް ކަނޑައަޅައި، އެ ސަރަހައްދުގައި ޚިދުމަތް ދޭން ބޭނުންވާ އެންމެންނަށް ހަމަހަމަ ފުރުޞަތު އޮންނާނެ ގޮތަށް ކައުންސިލުން ނިންމި ނިންމުމެއް ކަމަށެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކުރާ މައްސަލާގައި މޭޔަރު ވިދާޅުވީ، އައިޑީ ކާޑު ހެއްދުން ފަދަ ޚިދުމަތްތަކަކީ ކައުންސިލްގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ދޭ ޚިދުމަތްތަކަކަށް ވާތީ، އެ ފައިސާ އެހެން ފަރާތަކަށް ދޭންޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
މީގެ އިތުރުން، ހިތަދޫ އަވަށު އޮފީހަށް ގަތް ޕިކަޕުގައި ހުރި މައްސަލަތަކާއި، ގޭދޮށު މަސްޕްލާންޓްތަކުގެ މަސައްކަތް ހުއްޓިފައިވުމުގެ އިތުރުން، އެޑްވާންސް ފައިސާ އަނބުރާ ނުލިބޭ މައްސަލަވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ މި ހުރިހާ ކަމެއް އިޞްލާޙުކޮށް، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށާއި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކައުންސިލަށް އިރުޝާދު ދީފައެވެ. ނަމަވެސް މޭޔަރު ނިޒާރު ތަކުރާރުކޮށް ވިދާޅުވަނީ މި ކަންކަމުގައި ނާޖާއިޒު އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު