ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އިވެނީ އެމްޑީޕީގެ މެންބަރުން ތިބެގެންކަން ރައްޔިތުން ގަބޫލުކުރާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ޞާދިޤް (ސޯބެ) އާއެކު މިއަދު ހަވީރު އެ ދާއިރާގެ ބައެއް ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝާހިދުގެ ޕޯސްޓުގައި ވިދާޅުވީ، ދާއިރާގެ އަޑާއި ރައްޔިތުންގެ އަޑު މަޖިލީހުގައި އިވެނީ އެމްޑީޕީގެ މެމްބަރުން ތިބެގެންކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އަދި މަޖިލީހުގައި ރައްޔިތުންގެ އަޑު ގަދަކުރުމަށްޓަކައި ކުރިއަށް އޮތް ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގައި ސޯބެއަށް ވޯޓު ދެއްވުމަށް އޭނާ ވަނީ އެ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ މޫލެކެޑެ ދާއިރާގެ ކައުންސިލަރުކަން ކުރެއްވި އަހްމަދު ސައީދު (ސޮޑާ) އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4,120 މީހުންނަށް ލިބިގެންވެއެވެ. މި އިންތިޚާބަށްޓަކައި ޖުމްލަ ހަތް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މި ދާއިރާގެ ވޯޓުލުން އޮންނާނީ 6 ޖޫން ވާ ހޮނިހިރު ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު