ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އެކަމުގައި ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ތިމާވެށި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންސާނިއްޔަތުގެ މުސްތަޤްބަލް ބިނާވެފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ކުޑަ ޖަޒީރާ ޤައުމަކަށް ވީހިނދު، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ މުހިންމުކަން ރާއްޖެއިން ނުހަނު ބޮޑަށް އިހުސާސްކުރާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 'ޕްރޮޖެކްޓް ސޯލާ ސިޓީ' ޕްރޮގްރާމާއި، ކާރިސާތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ބާރުގަދަ ދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ރަށްރަށުގެ ފެންވަރުގައި ތިމާވެށްޓަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، އިކޯސިސްޓަމްތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ އަސަރު ދުނިޔޭގެ ހުރިހާ ހިސާބެއްގެ އިންސާނުންނަށާއި ދިިރުންތަކަށް ކުރަމުންދާ ކަމަށެވެ. އެހެންކަމުން، މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މުޅި ދުނިޔެ ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަން އޮތް ޖީލުތަކަށް އަމާން އަދި ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި، އެންމެން ގުޅިގެން ތިމާވެށި ހިމާޔަތް ކުރުމަށް ރައީސް ގޮވާލެއްވިއެވެ.
މީގެ އިތުރުން، 'ދަ ފީޑް އެމްވީ' މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެށި ހިމާޔަތްކުރުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކުމަށް ހުރިހާ ދިވެހިންނަށް އިލްތިމާސް ކުރަށްވާފައެވެ. ވަކިން ހާއްސަކޮށް، ސަރުކާރުން ފަށާފައިވާ '5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު' ގައި އަމަލީގޮތުން ބައިވެރިވުމަށާއި، ރަށްރަށުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. އަދި ތިމާވެށީގެ ހަރަކާތްތަކުގައި ޒުވާނުން އިސްނަގައި، ފެހި ރާއްޖެއެއް ބިނާކުރުމަށް އެހީތެރިވެދިނުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު