މިވަގުތު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖެހިޖެހިގެން ތިން އިންތިޚާބަކުން ބަލިވެފައިވާތީ އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ގދ. ގައްދޫގައި ބޭއްވުނު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި، ފެންނަ ނުފެންނަ ވޯޓުގެ އިތުރުން ދާދިފަހުން ބޭއްވުނު ބައި-އިލެކްޝަނުން ވެސް ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ރައީސް ނަޝީދު ސިފަކުރެއްވި ގޮތުގައި، މި ތިން އިންތިޚާބުން ބަލިވުމާއެކު ރައީސް މުޢިއްޒު މިހާރު ހުންނެވީ "ތިން ފަށްވެފައި" ކަމަށާއި، މިފަދަ ހާލަތެއް މެދުވެރިވުމުން ޒިންމާދާރުކަމާއެކު އަމަލުކުރަން ޖެހޭ ގޮތް ސާފު ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުންގެ އިތުބާރާއި މަގުބޫލުކަން ރައީސް މުޢިއްޒަށް ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
އެހެންކަމުން، ރައްޔިތުންގެ އިތުބާރު ނެތް ވެރިޔަކު މަގާމުގައި ދެމިހުރުމުގެ އެއްވެސް ޙައްޤެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
މި ކާމިޔާބީތަކަކީ އެމްޑީޕީން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ގެއްލުނު ނަމަވެސް، އޭގެ ފަހުން އައި އިންތިޚާބުތައް ކާމިޔާބު ކުރުމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި އެމްޑީޕީގެ ޖޯޝާއި ރޫހު އަލުން ރާއްޖޭގެ ރަށްތަކުން ފެންނަން ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

NOR
ކިޔުންތެރިންގެ ހިޔާލު