އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކަށް ނިމުމެއް ގެނެސް، ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު ޞާލިޙް އެކަތިގަނޑަކަށް ވެގެން ނޫނީ 2028 ގެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމުގެ ކެމްޕެއިން ހަރަކާތެއްގައި ރޭ ވާހަކަދައްކަވަމުން ފިއްޓޭ ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ "ފޯމިއުލާ" ބިނާވެފައިވަނީ ތިން ކަމެއްގެ މައްޗަށް ކަމަށެވެ. އެއީ ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ހާމަކަންބޮޑު ޕްރައިމަރީއެއް ބޭއްވުމުގެ އިތުރުން މިފަހަރުގެ ޗެއާޕާސަން އިންތިޚާބުގައި މީކާއިލް އިންތިޚާބު ކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އިންތިޚާބުގައި ރައީސް ނަޝީދާ ދެކޮޅަށް މީކާއިލަށް ތާއިދުކުރައްވާ ސަބަބު ހާމަކުރައްވަމުން ފިއްޓޭ ވިދާޅުވީ، އެއީ ނަޝީދަށް އޮތް އިޚުތިރާމެއްގެ ކުޑަކަމުން ނޫން ކަމަށެވެ. ނަމަވެސް، 2023 ވަނަ އަހަރު ޕާޓީ ދޫކޮށް "ދަ ޑިމޮކްރެޓްސް" އުފެއްދެވުމަށްފަހު އަލުން ޕާޓީއާ ގުޅިވަޑައިގަތުމަކީ، މިވަގުތު އެ މަނިކުފާނަށް ޕާޓީގެ އިސް މަގާމެއް ދިނުމަށް އޮތް ހުރަހެއް ކަމަށް އޭނާ ނުސީދާކޮށް އިޝާރާތް ކުރެއްވިއެވެ.
މީގެ އިތުރުން ފިއްޓޭ ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ދެ ފެކްޝަނުން ވެސް ހަގީގަތާ ކުރިމަތިލާން ޖެހޭ ކަމަށެވެ. "ރައީސް ނަޝީދާ ނުލައެއް ވެސް މި ކަމެއް ނުވާނެ. އެއީ ހަގީގަތެއް. އެ ވާހަކަ އަޅުގަނޑަށް މިހެން ބުނަން ކެރޭއިރުގައި، އެ ކޮޅުން ވެސް ބުނަން ޖެހޭނެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ނުލައެއް ވެސް މި ކަމެއް ނުވާނެ ކަން،" ފިއްޓޭ ވިދާޅުވިއެވެ.
އަންނަ ހުކުރު ދުވަހު ބާއްވާ ޗެއާޕާސަން އިންތިޚާބުގައި ރައީސް ޞާލިޙްގެ ޓީމުން މީކާއިލަށް ތާއިދުކުރާއިރު، ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުންނެވީ ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާޢީލެވެ. މި އިންތިޚާބާ ގުޅިގެން ދެ ފަރާތުގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ދަނީ ރައްދުކުރެވެމުންނެވެ.

RSA
CZE
ކިޔުންތެރިންގެ ހިޔާލު