އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދި މައްސަލައިގެ ތަފްސީލު ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ފުލުހުން މި މައުލޫމާތު ހާމަކޮށްފައިވަނީ 2026 ޖޫން 9 ވަނަ ދުވަހު ޝަމްޢާން މީޑިއާތަކާ ބައްދަލުކޮށް ފުލުހުންގެ ތަހުގީގާ މެދު ކޮށްފައިވާ ތުހުމަތުތަކަށް ރައްދު ދިނުމުގެ ގޮތުން ނެރުނު ނޫސް ބަޔާނެއްގައެވެ.
ފުލުހުން ބުނީ، ޝަމްޢާނާއި އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން ހިންގި މި މައްސަލައިގެ ތަހުގީގު ފަށާފައިވަނީ 2025 މާރިޗު 21 ގައި ކަމަށެވެ. މި ތަހުގީގަށް ހޯދުނު މައުލޫމާތުތަކަށް ބަލާއިރު، 2025 މާރިޗު 11 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ހުރިހާ ތަފްސީލެއް ޝަމްޢާނަށް އެނގޭކަން ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ އޮޕަރޭޝަންގެ ހަފުތާއެއްހާ ދުވަސް ކުރިން ޝަމްޢާންގެ އޮފީހުގައި މިކަމާ ގުޅޭ މަޝްވަރާތައް ބާއްވާފައިވާކަން ވެސް ތަހުގީގަށް ވަނީ އެނގިފައި ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
މި މައްސަލައިގައި ބިދޭސީން ހައްޔަރުކުރި ރޭ، އޭގެ ތެރެއިން އެކަކު ދޫކޮށްލުމަށް ޝަމްޢާން އިރުޝާދު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ސްޕޮންސަރުގެ ނަމުގައި ފޮނުވި ސިޓީއަކީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މީހާ ދޫކޮށްލުމުގެ މަސައްކަތް ކުރުމަށް ޝަމްޢާން މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެ މީހާ ދޫކޮށްލުމަށްފަހު، އިމިގްރޭޝަންގެ ދެ މުވައްޒަފަކު އެ މީހާ ގޮވައިގެން ވެހިކަލެއްގައި ދަތުރުކޮށް، އޭނާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން 500،000 (ފަސްލައްކަ) ރުފިޔާ ދިނުމަށް އެއްބަސްވެފައިވާ ކަމަށާއި، މި އަދަދު ކަށަވަރުކުރުމަށް ޝަމްޢާނާ ގުޅާފައިވާކަން ވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ބަޔާނުގައިވާ ގޮތުން، މި މައްސަލައިގައި ތުހުމަތުކުރެވޭ އިމިގްރޭޝަންގެ ދެ މުވައްޒަފުން ދަންވަރު 3:00 އެހައިކަންހާއިރު ފައިސާ ހުރި ކޮތަޅެއް ހިފައިގެން ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓަށް ވަދެފައިވެއެވެ. ތިން މިނެޓް ފަހުން އެމީހުން ނުކުތްއިރު އަތުގައި އެ ކޮތަޅު ނެތްކަން ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ. އަދި އޭގެ ޖެހިގެން އައި ދުވަހު ޝަމްޢާންގެ ބޭންކް އެކައުންޓްތަކަށް ޖުމްލަ 259،837.35 ރުފިޔާ ޖަމާކޮށްފައިވާކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ޝަމްޢާންގެ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު އޭނާ ދީފައިނުވާތީ، ފޯނުގައި ހުރި މައުލޫމާތު ބެލުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް ޝަމްޢާން މިހާރު ބުނި ނަމަވެސް، މީގެ ކުރިން އެފަދަ އެއްވެސް މައުލޫމާތެއް އޭނާ ފުލުހުންނާ ނުވަތަ އެހެން މުއައްސަސާއަކާ ހިއްސާކޮށްފައި ނުވާކަން ފުލުހުން ފާހަގަ ކޮށްފައިވެއެވެ.
ފުލުހުން ބުނީ މި ތަހުގީގަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ހެކީގެ މައްޗަށް ބިނާކޮށް ހިންގާފައިވާ މިނިވަން ތަހުގީގެއް ކަމަށެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިހާރު ވަނީ ހުކުމް އިއްވާފައެވެ. ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އޮތް ހައްލަކީ އިސްތިއުނާފު ކުރުން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުން މިހެން ބުނެފައިވާއިރު، މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅައި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. ނަމަވެސް ޝަމްޢާން ބުނެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަކީ އޭނާ ފްރޭމް ކުރުމަށްފަހު އުފުލާފައިވާ ދަޢުވާތަކެއް ކަމަށެވެ.

RSA
CZE
ކިޔުންތެރިންގެ ހިޔާލު