މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން އެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައި، އޭސީޕީ އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އާސިފް ވަޒީފާއިން ވަކިކުރުމުގެ ކުރިން، މުސާރަ ލިބޭ ގޮތަށް އަށް މަސް ދުވަހުގެ މުއްދަތަކަށް އޭނާ ސަސްޕެންޝަނުގައި ހުއްޓެވެ.
މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން އާސިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި އެ ކޯޓުން ކުރި ހުކުމުގައި ވަނީ، އޭނާ މަގާމުން ވަކިކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން، އާސިފަށް އަލުން ވަޒީފާ ދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގައި ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކުރިއެވެ.
މީގެ އިތުރުން، މި މައްސަލަ ކޯޓުގައި ހިނގަމުންދިޔަ ދުވަސްވަރު، އޭސީޕީގެ މަގާމަށް އެހެން ބޭފުޅަކު އައްޔަންނުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއްވެސް ނެރެފައިވެއެވެ.
ނަމަވެސް، ސިވިލް ކޯޓުގެ މި ހުކުމް ބަލައިގަތުމުގެ ބަދަލުގައި، ކަރެކްޝަންސްގެ ފަރާތުން އިއްޔެ ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެނގިފައިވާ ގޮތުގައި ހައި ކޯޓުން މި މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.

RSA
CZE
ކިޔުންތެރިންގެ ހިޔާލު