ކޮންމެ ގުޅުމެއްގެވެސް އެންމެ މުހިންމު އަސާސަކީ ސާފު ސީދާ މުއާމަލާތް ކުރުމެވެ. ތިމާ ބޭނުންވާ ކަންކަމާއި، ހިތުގެ އިހުސާސްތައް ބައިވެރިޔާއާ ހިއްސާކުރުމަކީ ދުޅަހެޔޮ ގުޅުމެއްގެ ފެށުމެވެ. ނަމަވެސް، އެންމެ ގާތް ގުޅުންތަކުގައި ވެސް ބައެއް ފަހަރު މުއާމަލާތް ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. މިގޮތުން، ގުޅުންތަކާ ބެހޭ ތެރަޕިސްޓުން "ޑްރައި ބެގިންގް" (Dry Begging) ނުވަތަ ސީދާނޫން ގޮތްގޮތަށް އެދުމުގެ ނަމުން ނަންދީފައިވާ އާދައަކީ، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް އާންމުވެފައިވާ، އެހެނަސް އޭގެ ސަބަބުން ގުޅުންތަކަށް ނުތަނަވަސްކަން ގެނުވާ ކަމެކެވެ.
"ޑްރައި ބެގިންގް" އަކީ ކޮބައިކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. ކައިވެންޏާއި އާއިލީ ތެރަޕިސްޓެއް ކަމަށްވާ މެލިސާ ކެސްޓަރ ވިދާޅުވާ ގޮތުގައި، މިއީ މީހުން ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ސިއްރުވެރި އަދި މަކަރުވެރި އުކުޅެކެވެ. މީގެ އަސްލަކީ ތިމާ އެދޭ ކަމަކަށް "ނޫނެކޭ" ބުނެފާނެތީ ނުވަތަ އެކަމުގެ ސަބަބުން މަލާމާތެއް ލިބިދާނެތީ އޮންނަ ބިރެވެ. އެހެންކަމުން، ސީދާކޮށް އެދުމުގެ ބަދަލުގައި އެކަމަކަށް އިޝާރާތްކޮށް ވާހަކަދައްކައި، އަޑުއަހާ މީހާއަށް އެކަން ކޮށްދޭން މަޖުބޫރު ކުރުވަނީއެވެ.
މިސާލަކަށް، ބައިވެރިޔާ "މިއަދު ވަރަށް ވަރުބަލި، ބަދިގެ ސާފުކުރާނެ ހަކަތައެއް ނެތް، ހާދަ ރަނގަޅޭ ހޭލާއިރު އެތަން އަމިއްލައަށް ސާފުވެފައި ހުރިއްޔާ" އޭ ބުނުމުން، ތިބާއަށް އެކަން ކޮށްދޭން މަޖުބޫރުވާ ނަމަ އެއީ "ޑްރައި ބެގިންގް" އެވެ. މީގެ ނަތީޖާއަކީ ސީދާކޮށް އެދުމުން ލިބޭ ސާފުކަން ގެއްލި، އަނެކާއަށް "މަޅިއެއްގައި ޖެހުނު" ކަމުގެ އިހުސާސް ކުރެވުމެވެ. އަދި މީގެ އެންމެ ނުރައްކާތެރި ބަޔަކީ، ފަހުން އެކަމާ މެދު ޝަކުވާކޮށްފިނަމަ، "އަހަރެން އެދިގެނެއް ނޫނެއްނު ތިކަން ކުރީ" އޭ ބުނެ، ގޭސްލައިޓިންގް ނުވަތަ އަނެކާގެ ވިސްނުމާ ކުޅެލުމަށް މަގުފަހިވުމެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި ނާސިސިސްޓުން ނުވަތަ އަމިއްލަ އެދުން ބޮޑު މީހުން ކުރާ ކަމެކެވެ. ނަމަވެސް، ކެސްޓަރ ފާހަގަކުރައްވާ ގޮތުގައި މިއީ އަބަދުވެސް ގޯސް ނިޔަތެއްގައި ކުރާ ކަމެއް ނޫނެވެ. ގިނަ މީހުންނަށް މި އާދަ ދަސްވަނީ އާއިލާގެ ތެރެއިންނެވެ. ބޭނުންވާ ކަމަކަށް އެދުމުން އިންކާރުކޮށް ލަދުގަންނުވާލާ މާހައުލެއްގައި ބޮޑުވާ މީހުން، އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ގޮތުން މިފަދަ ސީދާނޫން އުކުޅުތައް ބޭނުންކުރެއެވެ. އެހެންކަމުން، މިއީ އަމިއްލައަށް ނޭނގިވެސް ކުރެވިދާނެ ކަމެކެވެ.
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތެރެއަށް ބަލާލާއިރު، "ކުދިން ބަލާ ސްކޫލަށް ގޮސްދީފާނަންތަ؟" އޭ ބުނުމުގެ ބަދަލުގައި، ވަގުތު ނެތްކަމުގެ ޝަކުވާކޮށް ބައިވެރިޔާ ލައްވައި އެކަން ކުރުވުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވެސް ހިނގާ ކަމެކެވެ. ނާސިސިޒަމް އާއި މިކަން ވަކިކުރާނެ ގޮތަކީ، ބައިވެރިޔާއާ ވާހަކަދައްކައިގެން ކަންކަން ބަދަލުކުރެވޭތޯ ބެލުމެވެ. ކުށް ގަބޫލުކޮށް، އިޚްލާޞްތެރި ބަދަލެއް ގެނައުމަށް މަސައްކަތްކުރާ ނަމަ އެއީ އިސްލާހުކުރެވިދާނެ އާދައެކެވެ.
މި އާދަ ހުއްޓުވުމަށްޓަކައި އިންތަކެއް (boundaries) ކަނޑައެޅުން މުހިންމެވެ. ބައިވެރިޔާ ސީދާނޫން ގޮތަކަށް އެދޭ ނަމަ، "މިއީ ތިބާ އަހަރެންގެ އެހީތެރިކަމަށް އެދޭ ކަމެއްތަ؟" ފަދަ ސުވާލުތައް ކުރާށެވެ. އަދި ތިމާގެ ހިތުގައި އުފެދޭ ނުތަނަވަސްކަން ހާމަކަން ބޮޑު ގޮތެއްގައި ބައިވެރިޔާއާ ހިއްސާކުރާށެވެ. އިސްލާމީ ރީތި އަދަބުތަކުގެ ތެރޭގައި ހިމެނޭ ތެދުވެރިކަމާއި ސާދާކަން މުއާމަލާތްތަކުގައި ގެންގުޅުމަކީ، ގުޅުންތަކުގައި އުފެދޭ ރުޅިވެރިކަމާއި ނުތަނަވަސްކަމުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު މަގެވެ. އެކަކު ބަދަލުވުމުގެ ބަދަލުގައި، ދެމީހުން އެކުގައި މަސައްކަތްކޮށްގެން ނޫނީ ގުޅުމަކަށް ދާއިމީ އުފާވެރިކަމެއް ނުލިބޭނެއެވެ.

CUW
ކިޔުންތެރިންގެ ހިޔާލު