ސަރުކާރުގެ އެހީތެރިކަމާއެކު އަލަށް ތައާރަފުކުރި "މާލެ ޓެކްސީ" ޚިދުމަތުގެ ސަބަބުން، މާލެއާއި ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބޮޑު ހައްލެއް ލިބި، އާންމުންގެ އިތުބާރު މި ޚިދުމަތަށް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ފާއިތުވި ދިގު މުއްދަތުގައި މާލޭގައި ޓެކްސީއެއް ހޯދުމަކީ ރައްޔިތުން އުފުލި ވަރަށް ބޮޑު ތަކުލީފެކެވެ. ޚާއްޞަކޮށް މާލޭގެ އެތެރޭގެ ކުރު ދަތުރުތަކަށް ޓެކްސީއެއް ހޯދުމަކީ ނާދިރު ކަމެކެވެ. ގިނަ ޑްރައިވަރުން މާލޭގެ އެތެރޭގެ ދަތުރުތަކަށްވުރެ ހުޅުމާލެއަށް ކުރާ ދަތުރުތަކަށް އިސްކަންދިނުމުގެ ސަބަބުން، މޮބައިލް އެޕްލިކޭޝަންތަކުން ކުރާ ރިކުއެސްޓްތަކަށް ޖަވާބެއް ނުލިބި ގިނަ ވަގުތުތަކެއް ބޭކާރުވެގެންދެއެވެ. އަދި ޓެކްސީ ސެންޓަރުތަކަށް ގުޅުމުންވެސް ގިނައިން ލިބޭ ޖަވާބަކީ "މިވަގުތު ހުސް ކާރެއް ނެތް" ކަމުގެ މާޔޫސީ ޖަވާބެވެ.
މި މައްސަލައިގެ ސަބަބުން އެންމެ ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވަނީ ބަލިމީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ވަކި ގަޑިއަކަށް ވަޒީފާއަށް ދާންޖެހޭ ފަރާތްތަކެވެ. ހޮސްޕިޓަލްތަކަށާއި ކްލިނިކްތަކަށް ދިއުމަށް ޓެކްސީއެއް ނުލިބިގެން މަގުމަތީގައި ގިނަ ވަގުތު ހޭދަކުރަންޖެހުމުގެ ސަބަބުން، ބައެއް ފަހަރު މުހިންމު އެޕޮއިންޓްމަންޓްތައް ކެންސަލް ކުރަންޖެހޭ ހާލަތްތައްވެސް ވަނީ މީގެ ކުރިން ކުރިމަތިވެފައެވެ. މީގެ އިތުރުން، ޓެކްސީއެއް ފަސޭހައިން ހޯދުމަށްޓަކައި "ޓިޕްސް" ނުވަތަ އިތުރު ފައިސާ ހުށަހަޅަންޖެހުމަކީވެސް އާންމުންގެ އޮތް ބޮޑު ޝަކުވާއެކެވެ.
ސަރުކާރުން މި ޚިދުމަތް ފެށުމަށް ނިންމުމުން، އަމިއްލަ ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް އަސަރުކޮށްފާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް، ޚިދުމަތް ބޭނުންކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ ކަންބޮޑުވުންތަކަށްވުރެ ބޮޑަށް، މި ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ލުއިފަސޭހަކަން މާ ބޮޑެވެ.
މިހާރު "މާލެ ޓެކްސީ" އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުތައް ވަރަށް އަވަހަށް ކޮންފާމްވާކަން އާންމުން އުފަލާއެކު ފާހަގަކުރެއެވެ. ގިނަވެގެން 10 ނުވަތަ 15 މިނެޓުގެ ތެރޭގައި ޓެކްސީ ލިބޭއިރު، ޑްރައިވަރުންގެ ފަރާތުން ފެންނަ އަދަބުވެރިކަމާއި ފަންނީ ހުނަރުވެސް ފާހަގަކޮށްލެވެއެވެ. ކާރުގެ ތެރޭގައި ބޭކާރު ވާހަކަ ދެއްކުމުގެ ބަދަލުގައި، ފަސިންޖަރުންނަށް އިހުތިރާމްކޮށް، އަމާން މާހައުލެއްގައި ދަތުރުކުރުމުގެ ފުރުސަތު ލިބޭ ކަމަށް ދަތުރުވެރިން ބުނެއެވެ. މީގެ ކުރިން ޓެކްސީ ތެރޭގައި ރޭޑިއޯ ސެޓުން އިވޭ ހަޅޭކުގެ އަޑާއި، އާއިލާއާއެކު ދަތުރުކުރާއިރު އިވޭ ބޭނުންނުވާ ބަސްމަގުގެ މައްސަލައަށް މިވަނީ ބޮޑު ހައްލެއް ލިބިފައެވެ.
ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމަކީ ހަމައެކަނި ދަތުރުފަތުރުގެ ފަސޭހަކަމެއް ނޫނެވެ. އެއީ މުޅި ދާއިރާގެ އަޚްލާގީ މިންގަނޑު މަތިވެ، ޚިދުމަތް ދޭ ފަރާތްތަކާ މެދު އޮންނަ އިތުރުބާރު އާލާވެގެންދާ ކަމެކެވެ. މި ޚިދުމަތަށް ތައުރީފުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ސިޔާސީ ފިކުރަކަށްވުރެ ބޮޑަށް، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމުގެ ތެރެއިން، އާންމު ރައްޔިތުންގެ ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ، ކާމިޔާބު މަޝްރޫއެކެވެ. މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް، ބޭނުންވި ވަގުތު އިތުބާރު ހުރި ޓެކްސީ ޚިދުމަތެއް ލިބުމަކީ މުޅި މުޖުތަމައަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.

CUW
ކިޔުންތެރިންގެ ހިޔާލު