ސިޔާސީ ހަޔާތުގައި ކޮރަޕްޓު އެއްވެސް ބޭފުޅަކަށް ޖާގަ ނުދެއްވާނެ ކަމަށާއި، ކޮރަޕްޝަންގެ އަމަލެއް ހިންގިކަން އެނގުނުހިނދު އެފަދަ ކޮންމެ ބޭފުޅަކުވެސް އެމަނިކުފާނުގެ ފަރާތުން ފެނިގެންދާނީ ހަރުކަށި ފިޔަވަޅުތަކާއެކު ސަރުކާރުން ބޭރުކޮށްލާ މަންޒަރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަދީބުގެ މައްސަލަ ފާހަގަކުރައްވައި، އެފަދަ ކަންކަން އެނގުމުން ވަގުތުން ފިޔަވަޅު އެޅުއްވިކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި މިހާރުގެ ސަރުކާރަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އެގޮތުން އެ ދެ ބޭފުޅުންގެ ވަށައިގެންވެސް ތިއްބެވީ ކޮރަޕްޓު ބޭފުޅުން ކަމަށާއި، އެއީ އެ ބޭފުޅުންނަށް އެ މީހުންގެ ކިބައިން މަންފާތަކެއް ލިބޭތީ ކުރައްވާ ކަމެއް ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ. އަދި ވެރިންގެ އެންމެ ގާތް ބޭފުޅުންނަކީ ކޮރަޕްޓު އަދި ނާގާބިލު ބަޔަކަށް ވެއްޖެނަމަ، ރައްޔިތުން އެ ވެރިންނަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ތާރީހު ދުށް އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގާފައިވާކަން ފާހަގަކުރެވެއެވެ.
ނަމަވެސް، މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ބައެއް ބޭފުޅުންނާ ގުޅޭގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ ވާހަކަތަކާމެދު ފިޔަވަޅު ނާޅަނީ އެއީ ވެރިންނަށް އޭގެ ރާހަތު ލިބޭތީ ކަމަށް ތުހުމަތުކުރައްވާފައެވެ.

TUN
CPV
EGY
ކިޔުންތެރިންގެ ހިޔާލު