ފޮޓޯ: މަޑިހާ ކުންފުނި
ފޮޓޯ: މަޑިހާ ކުންފުނި
ކަދުރަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ޕްރީމިއަމް ޔެލޯ ބަރްހީ ކަދުރުގެ އައު ޝިޕްމަންޓެއް ލިބިފައިވާ ކަމަށް މަޑިހާ ކުންފުނި ޕްރައިވެޓް ލިމިޓެޑުން މިއަދު އިޢުލާނުކޮށްފިއެވެ.

މާލެ އާއި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރަތަކުން މިހާރު ލިބެން ހުރި މި ކަދުރަކީ، އޭގެ ތަފާތު މީރު ރަހައާއި ކުރުކުރު ކަމުގެ ސަބަބުން، ޞިއްޙަތަށް ފައިދާހުރި ކާނާއަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ މޭވާއެކެވެ. އާންމުކޮށް އަޅުގަނޑުމެން ކައިއުޅޭ ހިއްކި ކަދުރާ ޚިލާފަށް، ރީނދޫ ބަރްހީ ކަދުރަކީ އޭގެ ތާޒާކަންމަތީގައި ކައިއުޅޭ އެއްޗެކެވެ. ރީނދޫ ކުލައިގެ މި ކަދުރަކީ ގުދުރަތީ ފޮނިކަމަކާއި ގިނަގުނަ މާއްދާތަކެއް އެކުލެވޭ، ހުރިހާ އުމުރެއްގެ މީހުންނަށްވެސް ކެއުމަށް އެކަށީގެންވާ ވަރަށް ފުރިހަމަ ލުއި ކާނާއެކެވެ.

ރީނދޫ ބަރްހީ ކަދުރަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ. މީގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ މުހިންމު ފައިބަރުގެ ބައިތަކާއި، ގުދުރަތީ ކާބޯހައިޑްރޭޓްސްގެ އިތުރުން ޕްރޮޓީން، ދަގަނޑުގެ ބައި، މެގްނީޒިއަމް، ޒިންކް އަދި ޕޮޓޭޝިއަމް ހިމެނެއެވެ. މީގެ އިތުރުން ވިޓަމިން ބީ އަދި ކޭ ވެސް މި ކަދުރުން ލިބިގެންދެއެވެ. މި ހުރިހާ މާއްދާތަކެއް އެކުލެވޭއިރު، މީގައި އެއްވެސް ވަރަކަށް ސަރުބީ ނުހިމެނޭތީ މިއީ ކޮލެސްޓްރޯލް ފްރީ މޭވާއެކެވެ. އެހެންކަމުން މިއީ ދުޅަހެޔޮ ބެލެންސްޑް ޑައިޓެއްގައި ހިމެނުމަށް އެންމެ އެކަށީގެންވާ އެއް ބާވަތެވެ.

ހަޖަމުކުރުމުގެ ނިޒާމަށް ބަލާއިރު، މި ކަދުރުގައި ހިމެނޭ ގިނަ އަދަދެއްގެ ފައިބަރުގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ފައިދާތަކެއް ލިބިގެންދެއެވެ. ކުޑަ މިންވަރެއްގެ ކަދުރުކޮޅަކުންވެސް، ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ ފައިބަރުގެ ބޮޑު ބައެއް ފޯރުކޮށްދޭއިރު، މީގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށްދީ، ބަނޑުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކަށް އެހީތެރިވެދެއެވެ. އަދި ބޮޑުކަމުދިއުމުގެ ނިޒާމު ރަނގަޅުކޮށްދީ، ބަނޑުހަރުވުމުގެ މައްސަލަތަކުން ރައްކާތެރިކޮށްދޭ ގުދުރަތީ ފަރުވާއަކަށް މި ކަދުރު ވެގެންދެއެވެ.

ހަމައެއާއެކު، މިއީ ހަށިގަނޑަށް ބޭނުންވާ ގުދުރަތީ ހަކަތަ ފޯރުކޮށްދޭ މުހިންމު މަޞްދަރެއްވެސްމެއެވެ. ކަދުރުގައި ހިމެނޭ ފައިދާހުރި ކާބޯހައިޑްރޭޓްސްގެ ސަބަބުން ހަށިގަނޑުގެ ވަރުބަލިކަން ފިލުވައިދީ ހަކަތަ ދަމަހައްޓައިދެއެވެ. މިއީ މަސައްކަތުގައި އުޅޭ މީހުންނާއި، ކިޔަވާ ކުދިން އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް ވަރަށް ބޭނުންތެރި ކާނާއެކެވެ. ޚާއްޞަކޮށް ރޯދައަށް ހުންނަ ވަގުތުތަކުގައި، އާޓިފިޝަލް ހަކުރުގެ ބަދަލުގައި މި ކަދުރު ބޭނުންކުރުމުން ހަށިގަނޑުގެ ހަކަތަ ގުދުރަތީ ގޮތުން އިއާދަކޮށްދިނުމަށް އެހީތެރިވެދެއެވެ.

ހިތުގެ ދުޅަހެޔޮކަމާއި ކަށިތަކުގެ ވަރުގަދަކަމަށް ބަލާއިރުވެސް، ރީނދޫ ބަރްހީ ކަދުރަކީ ނަމޫނާ މޭވާއެކެވެ. މީގައި ހިމެނޭ ޕޮޓޭޝިއަމް އަދި މެގްނީޒިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ހިތުގެ މަސައްކަތްތަކަށް ލުއި ފަސޭހަކަން ގެނެސްދެއެވެ. އަދި ކެލްސިއަމާއި ކޮޕަރ ހިމެނޭތީ، މިއީ ކަށިތައް ވަރުގަދަކޮށްދީ ކަށީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ މުހިންމު މާއްދާތަކެކެވެ. ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް ބޭނުންވާ ބީޓާ-ކެރޮޓީން އަދި ވިޓަމިން ސީ ހިމެނޭތީ، ހަށިގަނޑު ދުޅަތަކުން ރައްކާތެރިކޮށްދީ، ލޮލުގެ ފެނުމާއި އާންމު ޞިއްޙަތު ރަނގަޅުކޮށްދެއެވެ.

މަޑިހާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މިހާރަކަށް އައިސް ކަސްޓަމަރުން ބޮޑަށް ބޭނުންވަނީ ޞިއްޙަތަށް ފައިދާހުރި ލުއި ކާނާގެ ބާވަތްތައް ކަމަށެވެ. ދޫ ބަރްހީ ކަދުރަކީ އޭގެ ގުދުރަތީ ފޮނިކަމާއި، މީރު ރަހައިގެ އިތުރުން ފައިދާހުރި މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއަކަށް ވުމުން، މިއީ އާއިލާތަކަށް ވަރަށް އެކަށީގެންވާ ޗޮއިސްއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޝިޕްމަންޓާއެކު، އުފަންވެލި ފިހާރަތަކުން ދަނީ ފެންވަރު ރަނގަޅު މޭވާ އާއި ޞިއްޙީ ގޮތުން ފައިދާހުރި ކާނާގެ ބާވަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ. ތާޒާ ޕްރީމިއަމް ޔެލޯ ބަރްހީ ކަދުރު މިހާރު މާލެ އާއި ހުޅުމާލޭގެ ހުރިހާ އުފަންވެލި ފިހާރައަކުން ލިބެން ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު