ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުވައްމުލައް ސިޓީ އެއާޕޯޓުގައި އައު އޭޓީއެމްއެއް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
މިއީ ފުވައްމުލައް ސިޓީގައި އެ ބޭންކުން ގާއިމްކުރި ހަތަރުވަނަ އޭޓީއެމްއެވެ. މި އޭޓީއެމްތަކުގެ ތެރޭގައި ތިން ދިވެހި ރުފިޔާ (އެމްވީއާރް) އޭޓީއެމްއާއި، އެއް ޑޮލަރު (ޔޫއެސްޑީ) އޭޓީއެމް ހިމެނެއެވެ.
މި އޭޓީއެމްތަކަކީ ބޭންކް އޮފް މޯލްޑިވްސްއިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ ހާއްސަ މަޝްރޫޢުގެ ދަށުން ގާއިމްކުރެވިފައިވާ ހިދުމަތްތަކެކެވެ.
ރައްޔިތުންނަށް ބޭންކިންގ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް ބޭންކުން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. މި މަސައްކަތުގެ ސަބަބުން އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް މާލީ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

JOR
COD
CRO
ކިޔުންތެރިންގެ ހިޔާލު