ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ހުރި ޖަލުތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގައި ހުރި ޖަލުތަކަކީ ކުށްވެރިން އިޞްލާޙުކޮށް އަލުން މުޖުތަމަޢަށް ނެރުމަށް އެންމެ އެދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަން ނޫން ކަމަށާއި، އެހެންކަމުން އަލަށް ބިނާކުރާ ކޮމްޕްލެކްސް ފަރުމާކުރާނީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އެންމެ ފުރިހަމައަށް ހިންގޭނެ ފަދަ ގޮތަކަށް ކަމަށެވެ. މީގެ ސަބަބުން އިޞްލާޙީ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުން ތަންކޮޅެއް ލަސްވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ އެހެން މުވައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ހުރުމުން ކަންކަން ތަރުތީބުކުރުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް، އުނދަގުލުން ނަމަވެސް މި މަސައްކަތް އަމަލީ ގޮތުން ފެށިގެން ދިއުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށާއި ޖަލުތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްއާއި ކުޑަކުދިން ރިހެބިލިޓޭޓްކުރުމަށް ޚާއްޞަ "ހޯޕް އައިލެންޑް" ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވަނީ އުތުރު ތިލަފަޅުގައެވެ. މި މަޝްރޫޢަށްޓަކައި 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ސަރަހައްދުގައި ރެޒިޑެންޝަލް ޔުނިޓްތަކާއި، ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީއާއި، ހާފްވޭ ހައުސްގެ އިތުރުން ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން 1000 މީހުންގެ ޖާގައިގެ މިސްކިތަކާއި ފެންވަރު ރަނގަޅު މެޑިކަލް ފެސިލިޓީއެއްވެސް އެ ތަނުގައި ހިމެނޭނެއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާރު ހުރި ބައެއް ޖަލުތައް މި އައު އިމާރާތަށް ބަދަލުކުރުން ކަމަށެވެ.
ޖަލުތަކުގެ އުމްރާނީ ތަރައްޤީގެ އިތުރުން، ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމަށްވެސް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ދުވަހަކަށް ހުކުމުގެ މުއްދަތުން ދުވަހެއް އުނިކުރެވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް ވަނީ ނިންމާފައެވެ. މިނިސްޓަރު އިހުސާން ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްވެ، އަމަލީ ގޮތުން ތަންފީޒުވާން ފަށާނެއެވެ.

COL
RSA
BIH
ކިޔުންތެރިންގެ ހިޔާލު