ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ މާލީ އިނާޔަތް ޖަމާވުން ލަސްވަމުންދާ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި އެހީތެރިކަމަކީ ގާނޫނުއަސާސީން ލާޒިމްކުރާ ކަމެއް ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކޮންމެ މީހަކަށްމެ މާލީ އިނާޔަތް ލިބުމުގެ ހައްގު ކަށަވަރުކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ދޫކުރާ މި އިނާޔަތް ފަހަކަށް އައިސް ކަނޑައެޅިފައިވާ ތާރީޚަށް ޖަމާވަމުން ނުދާކަން ފާހަގަކުރައްވައި، މެންބަރު ވިދާޅުވީ މިއީ އެފަދަ ފަރާތްތަކުގެ ޒަރޫރީ ބޭނުންތަކާއި ބޭސްފަރުވާއަށް އޮތް ހަމައެކަނި މާލީ ވަސީލަތް ކަމަށެވެ. ފައިސާ ލިބުން ލަސްވުމުގެ ސަބަބުން އެ ފަރާތްތަކަށާއި އެމީހުންގެ އާއިލާތަކަށް ބޮޑެތި މާލީ އަދި ނަފްސާނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި މެންބަރު އެދިވަޑައިގެންފައިވަނީ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީ މެދުވެރިކޮށް މިކަން ބަލައި، އެންސްޕާ އާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށެވެ. އަދި ކޮންމެ މަހަކުވެސް ވަކި ސުންގަޑިއެއްގެ ކުރިން މި ފައިސާ ޖަމާވާނެކަން ކަށަވަރުކުރުމަށްޓަކައި ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރަށް ބާރުއަޅައިދިނުމަށްވެސް މަޖިލީހުގެ ރައީސްގެ ކިބައިން އޭނާ އެދިވަޑައިގެންފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ލަސްވާ މައްސަލައިގައި އާންމުންގެ ޝަކުވާ ބޮޑުވެފައިވާއިރު، މިކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް މެންބަރުގެ ސިޓީގައި ބާރުއަޅުއްވާފައިވެއެވެ.

COL
RSA
BIH
ކިޔުންތެރިންގެ ހިޔާލު