ސަރުކާރުން ވަޒީފާތަކުން ވަކިކުރަމުންދާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި އެމްޑީޕީން ދެމިއޮންނާނެ ކަމަށާއި، އެ ހައްގުތައް ލިބެންދެން މަގުމަތިން ނުފައިބާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ، ސަރުކާރުން ވަޒީފާތަކުން މީހުން ވަކިކުރަމުންދާތީ އެކަމާ ދެކޮޅަށް "ވަޒީފާ ބުރާސްފަތި" ނަމުގައި އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ.
މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި އިންތި ވިދާޅުވީ، ސަރުކާރަށް ތާއީދު ނުކުރާތީ ނުވަތަ ވޯޓު ނުދޭތީ ވަޒީފާއިން ވަކިކުރުމަކީ ދުނިޔޭގެ އެއްވެސް ތަހުޒީބީ ގައުމެއްގައި ނުވަތަ މުޖުތަމައުއެއްގައި ދައްކާނެ ވާހަކައެއް ނޫން ކަމަށެވެ. އަދި މިއީ ފަސްގަނޑެއްގައި ހިނގައިގެންވާނެ ފަދަ ލަދުވެތި އަމަލެއް ނޫންކަން ފާހަގަކުރައްވައި، ރައީސް މުއިއްޒުގެ ސަރުކާރުން މިކަން މުޅިން އެހެން ހިސާބަކަށް (ލެވެލްއަކަށް) ގެންގޮސްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އާދައިގެ އެތައް މިތައް ބައިވަރު ބަޔެއްގެ އެބަ ކަނޑާލާ ވަޒީފާ. މީގެތެރޭގައި އެއްވެސް ކަމެއްވެސް ނޫން. ވަޒީފާއިން ކަނޑާލަމުން މިދަނީ. ވައިސް ޗާންސެލަރގެ ވަޒީފާވެސް ކަނޑަމުން މިދަނީ،" އިންތި ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ގެންގުޅޭ އުސޫލުތަކަށް ފާޑުވިދާޅުވަމުން އިންތި ވިދާޅުވީ، ކުންފުނިތަކަކީ ވަކި އުސޫލުތަކަކާއި ގަވާއިދުތަކެއްގެ ދަށުން މިނިވަންކަމާއެކު ހިންގަންޖެހޭ ތަންތަން ކަމަށެވެ. ނަމަވެސް، މިއަދު ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާތީ މަގުމަތީގައި ސަފުހަދައިގެން މަރުހަބާ ދެންނެވުމަށާއި، ސަރުކާރަށް ސަޕޯޓު އޮތްކަން ދެއްކުމުގެ ސިޔާސީ ބޭނުންތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތި ވަނީ ވަޒީފާ ގެއްލިފައިވާ އަދި ވަޒީފާގެ ބިރުވެރިކަމެއްގެ ތެރޭގައި ތިބި ފަރާތްތަކަށް ބިރުކަނޑާލުމަށް ގޮވާލައްވާފައެވެ. އަދި އެމްޑީޕީން ނިކުމެ މިތިބީ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުގެ ހައްގުގައި ކަމަށާއި، ވަޒީފާ ގެއްލުނު ހުރިހާ ފަރާތްތަކަށް ވަޒީފާ އިއާދަކޮށްދިނުމަށް ސަރުކާރަށް މަޖުބޫރުކުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އިންސާފު ހޯދައިދޭނަން. ތިޔަބޭފުޅުންގެ ހައްގު، ތިޔަބޭފުޅުންނަށް ލިބެންދެން އަޅުގަނޑުމެން މަގުމަތިން ނުފައިބާނަން،" އިންތިގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވިއެވެ.

BIH
QAT
KOR
ކިޔުންތެރިންގެ ހިޔާލު