އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރެއަށް އޭއައި (AI) ވަދެ، ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި ޗެޓްބޮޓްތައް ހިމަނަމުންދާއިރު، މީގެ ސަބަބުން އަޅުގަނޑުމެންގެ ދުނިޔެއާއި ކުދިންގެ މުސްތަގުބަލަށް އަންނާނެ ބަދަލުތައް އަންދާޒާކުރުން ދަނީ ދުވަހުން ދުވަހަށް ދަތިވަމުންނެވެ. ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ތެރެއިން ކޮންމެ ފަސް ކުއްޖަކުން އެކަކު، ނުތަނަވަސްވުމުން ނުވަތަ ދެރަވެ މާޔޫސްވުމުން ލަފާ ހޯދުމަށް އޭއައި ޗެޓްބޮޓްތަކުގެ އެހީތެރިކަން ހޯދައެވެ.
އުމުރުން 12 އަހަރާއި 21 އަހަރާ ދެމެދުގެ 42 މިލިއަނަށްވުރެ ގިނަ އެމެރިކާގެ ރައްޔިތުން ބޭނުންކޮށްގެން ހެދި ސާވޭއަކުން ދައްކާގޮތުގައި، މީގެ ތެރެއިން ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ކުދިން ނަފްސާނީ ދުޅަހެޔޮކަމުގެ ލަފާ ހޯދުމަށް 'ޗެޓް ޖީޕީޓީ'، 'ގޫގުލް ޖެމިނި' ނުވަތަ 'ކެރެކްޓާ އޭއައި' ފަދަ ވަސީލަތްތައް ބޭނުންކުރެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 50 އިންސައްތަ އިތުރު އަދަދެކެވެ. ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ކަމަކީ، މިގޮތަށް އޭއައި ބޭނުންކުރާ ގިނަ ކުދިން، އެކަން އެއްވެސް މީހަކަށް ކިޔައިނުދޭ ކަމެވެ.
މިގޮތަށް އެހީ ހޯދާ ކުދިންގެ ތެރެއިން ކޮންމެ 12 ކުއްޖަކުން އެކަކީ މަދުވެގެން މަހަކު އެއްފަހަރު މިފަދަ ޗެޓްބޮޓްތަކާ ސުވާލުކުރާ ކުދިންނެވެ. މީގެ ތެރެއިން 91.7 އިންސައްތަ ކުދިން ބުނެފައިވަނީ އޭއައި އިން ދޭ ޖަވާބުތަކަކީ "ވަރަށް އެހީތެރި" ޖަވާބުތަކެއް ކަމަށެވެ. ނަމަވެސް، ދިރާސާވެރިން ބުނާ ގޮތުގައި މިއީ އޭއައި އިން ދޭ ލަފާގެ ފެންވަރު ރަނގަޅުވުމަށްވުރެ ބޮޑަށް، އޭއައި ފަރުމާކުރެވިފައިވާ ގޮތުން ބޭނުންކުރާ މީހާގެ ހިތްރުއްސުމަށާއި މާބޮޑަށް ތައުރީފުކޮށް ވާހަކަދެއްކުމުގެ ސިފަ ހުންނާތީ ކުދިންނަށް އިހުސާސްކުރެވޭ ގޮތެކެވެ.
ފުރާވަރުގެ ކުދިން ނަފްސާނީ ލަފާ ހޯދުމަށް އޭއައި އަށް ބަރޯސާވަނީ ކީއްވެ؟
މާހިރުން ދެކޭގޮތުގައި މިއީ ކުދިން ރަހުމަތްތެރިންނަށްވުރެ މެޝިނަކާ ވާހަކަދައްކަން ބޭނުންވާތީ ވާކަމެއް ނޫނެވެ. މީގެ އަސްލަކީ ކަންކަން ފަސޭހަކޮށްލުމެވެ.
ސިންސިނާޓީ ޗިލްޑްރަންސްގެ ސައިކިއޭޓްރިސްޓް ޑރ. ރަނާ އެލްމަޣްރަބީ ވިދާޅުވާ ގޮތުގައި، "އޭއައި އަކީ 24 ގަޑިއިރު ލިބެން ހުންނަ، އެއްވެސް ފާޑުކިޔުމެއް ނެތި ވަގުތުން ޖަވާބުދޭ އެއްޗެކެވެ. އަދި އޭއައި އިން ޖަވާބުދޭއިރު ހަމްދަރުދީއާއެކު ވާހަކަދެއްކުމަކީ ކުދިން އެއަށް ބަރޯސާވުމަށް މެދުވެރިވާ ސަބަބެކެވެ."
ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ މާހިރު ޑރ. ޑެސްމަންޑް ޕެޓަން ވިދާޅުވާ ގޮތުގައި، ބައެއް ކުދިންނަށް އޭއައި އަކީ އެއްވެސް ލަދުވެތިކަމެއް ނެތި، ތިމާގެ އިހުސާސްތައް ބޭރުކޮށްލަން އޮތް ރައްކާތެރި މާހައުލެކެވެ. މީގެ މާނައަކީ ކުދިން އިންސާނީ ގުޅުން ބޭނުންނުވަނީއެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ކުދިންނަށް އިތުބާރާއެކު ތެދުބަހުން ވާހަކަދެއްކޭނެ ރައްކާތެރި މާހައުލެއް ބިނާކޮށްދިނުމަށް ބެލެނިވެރިން އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމުގެ ނިޝާނެކެވެ.
މިކަމާ ގުޅޭގޮތުން ބެލެނިވެރިން ކުދިންނާ ވާހަކަދައްކާނީ ކިހިނެއް؟
އޭއައި އަކީ އިތުބާރު ހިފޭ ބޮޑެތި މީހުންނާ ނުވަތަ ފަންނީ އެހީތެރިންނާ ވާހަކަދެއްކުމަށް އޮތް ބަދަލެއް ނޫންކަން ކުދިންނަށް ވިސްނައިދޭން ޖެހެއެވެ. ޑރ. ޕެޓަން ލަފާދެއްވާ ގޮތުގައި، މި ވާހަކަ ފަށަންވާނީ ބިރުވެރިކަމުގެ ތެރެއިންނެއް ނޫނެވެ. "އޭއައި އަކީ ނުރައްކާތެރި އެއްޗެކޭ، އެއާ ދުރަށް ދާށޭ" ބުނުމުގެ ބަދަލުގައި، އެކުދިން އެ ބޭނުންކުރަނީ ކޮން ބޭނުމަކުތޯ އާއި، އޭގެން އެކުދިންނަށް ލިބޭ ހިތްހަމަޖެހުމަކީ ކޮބައިތޯ އޮޅުންފިލުވުން މުހިންމެވެ.
އޭއައިގެ ހުރި ފައިދާތަކާއި ގެއްލުންތައް އާދައިގެ ބަހުން ކިޔައިދޭށެވެ. މިސާލަކަށް، އޭއައި އަކީ އަޅާލާ ގޮތަކަށް ވާހަކަދެއްކިޔަސް، އެއްވެސް އިހުސާސެއް ކުރެވޭ އެއްޗެއް ނޫންކަން ބުނެދޭށެވެ. ޑރ. އެލްމަޣްރަބީ ވިދާޅުވި ފަދައިން، "އޭއައި އަށް ތިބާގެ އިހުސާސްތައް ބަލައިގަނެވިދާނެއެވެ، ނަމަވެސް އިންސާނަކަށް ކުރެވޭ ފަދަ ވޭނާއި ތަދު އޭއައި އަކަށް ނުވިސްނޭނެއެވެ."
ބެލެނިވެރިންނަށް މާހިރުން ދޭ އިރުޝާދު:
1. ކުދިން ބޭނުންކުރާ ވަސީލަތްތަކާ މެދު ސުވާލުކުރުން: އެކުދިން އޭއައި އާ ކުރަނީ ކޮންކަހަލަ ސުވާލުތަކެއްތޯ އާއި، އެ ބޭނުންކުރުމަށްފަހު އިހުސާސްވަނީ ކިހިނެއްތޯ އަހާށެވެ.
2. އިންތައް ކަނޑައެޅުން: އަމިއްލަ މައުލޫމާތު ހިއްސާކުރުމާއި، ސައްހަ ނޫން މައުލޫމާތު ލިބިދާނެ ކަމާއި، އަދި ބޮޑު ނުރައްކަލެއް ކުރިމަތިވާ ވަގުތު އޭއައި އަށް ބަރޯސާނުވުމަށް ނަސޭހަތްތެރިވާށެވެ.
3. އެހީތެރިކަމުގެ ބޮޑު ދާއިރާއެއް ބިނާކުރުން: ހަމައެކަނި ބެލެނިވެރިންނަށް ހުރިހާ ވާހަކައެއް ކިޔައިދޭނެ ކަމަށް އުއްމީދުކުރުމުގެ ބަދަލުގައި، އިތުބާރު ހިފޭ އެހެން މީހުން (މިސާލަކަށް: ޓީޗަރުން، ކޯޗުން ނުވަތަ އާއިލާގެ ބޮޑެތި މީހުން) ހިމެނޭ ގޮތަށް އެހީތެރިކަން ހޯދޭނެ މާހައުލެއް އުފައްދައިދޭށެވެ.
އެންމެ މުހިންމު ކަމަކީ، ކުދިންނަށް ހަގީގީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ވަގުތު، މެޝިނަކާއެކު އެކަނިވިޔަ ނުދީ، އެކުދިންނަށްޓަކައި އިންސާނުން ތިބިކަން ކަށަވަރުކޮށްދިނުމެވެ.

KOR
AUS
MAR
ކިޔުންތެރިންގެ ހިޔާލު