އިންޑިއާގެ މަޝްހޫރު ލަވަކިއުންރެތިޔާ މުހަންމަދު ރަފީޢު
އިންޑިއާގެ މަޝްހޫރު ލަވަކިއުންރެތިޔާ މުހަންމަދު ރަފީޢު
އިންޑިއާގެ މިއުޒިކީ ތާރީޚުގައި އުފެދުނު އެންމެ ކާމިޔާބު އެއް ލަވަކިޔުންތެރިޔާ، މުޙައްމަދު ރަފީގެ ފަންނުވެރިކަމުގެ ސަބަބުން އޭނާގެ ކަރުތެރެއިން ލޭ އަންނަން މެދުވެރިވި ހާދިސާއަކީ ގަބޫލުކުރަން ދަތި ވާހަކައެކެވެ. މިއީ ބޮލީވުޑްގެ ދެ ލެޖެންޑުންގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުމަކާއި، މުޙައްމަދު ރަފީގެ އާދަޔާޚިލާފު ދިރިއުޅުމުގެ ވާހަކައެވެ.

މި ހާދިސާ ހިނގީ "ބައިޖޫ ބާވްރާ" ފިލްމުގެ "އޯ ދުނިޔާ ކޭ ރަކްވާލޭ" މި ލަވަ ރެކޯޑު ކުރި ދުވަސްވަރުއެވެ. މި ލަވައިގެ އެންމެ މަތީ ނޫޓުތައް ކިޔުމަށް ރަފީ އޭނާގެ އަޑަށް ދިން ބާރެއްގެ ބޮޑުކަމުން، އޭނާގެ ކަރުގެ ނާރުތަކަށް ބާރުވެ، ކަރުތެރެއިން ލޭ އައި ކަމަށް ބުނެވެއެވެ. މި ހާދިސާއާ ގުޅިގެން، އޭނާގެ އަޑު ދާއިމީކޮށް ގެއްލިދާނެތީ މުޅި ފިލްމީ ސިނާއަތް އޭރު ކަންބޮޑުވިއެވެ.

ނަމަވެސް، މިއުޒިކަށް ހުރި ލޯތްބަކީ އޭނާގެ ލޭގައި ކުޑައިރުއްސުރެ ހުރި ކަމެކެވެ. ޕަންޖާބުގެ ކުޑަ އަވަށެއްގައި "ފީކޯ" ގެ ނަމުން މަޝްހޫރުވި މި ކުއްޖާ، އޭރު މަގުމަތީގައި ލަވަކިޔަމުންދާ ފަގީރުންގެ ފަހަތުން މޭލުތަކަކަށް ހިނގަނީ އެމީހުންގެ ރާގުތައް އަޑުއެހުމަށެވެ. އެ ފީކޯ ބޮޑުވެގެންވީ "ސަތޭކަ އަޑުގެ ވެރިޔާ" އަކަށެވެ.

ރަފީގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ، އޭނާ ލަވަކިޔައިދޭ އެކްޓަރެއްގެ މިޒާޖާ އެއްގޮތަށް އަޑު ބަދަލުކޮށްލުމުގެ ހުނަރެވެ. ޝައްމީ ކަޕޫރަށް ހަކަތައިން ފުރިގެންވާ ލަވަތައް ކިޔައިދޭއިރު، ދިލިޕް ކުމާރަށް ކިޔައިދެނީ އަސަރުން ފުރިގެންވާ ލަވަތަކެވެ. އަދި ޖޯނީ ވޯކަރަށް މަޖާ ގޮތްގޮތަށް ލަވަކިޔައިދޭއިރު، ދޭވް އާނަންދަށް ކިޔައިދެނީ ވަރަށް ރީތި، މުހައްދުަބު ގޮތަކަށެވެ. ކޮންމެ އެކްޓަރަކަށްވެސް ހީވަނީ އެއީ ހަމަ އެމީހުންގެ އަމިއްލަ އަޑު ހެންނެވެ.

އޭރުގެ ދުވަސްވަރަކީ މިހާރުގެ ފަދަ ޑިޖިޓަލް ވަސީލަތްތައް ހުރި ދުވަސްވަރެއް ނޫނެވެ. އެއްވެސް އޮޓޯ-ޓިއުންއެއް ނެތި އޭނާ ވަނީ ދިހައަކަށްވުރެ ގިނަ ބަހުން އެތައް ހާސް ލަވައެއް ރެކޯޑުކޮށްފައެވެ. އަދި އެންމެ އެއްފަހަރު ރާގު އަޑުއަހާލުމުންވެސް، އެއްވެސް ކުށެއް ނެތި ލަވަ ކިޔާލުމުގެ ގާބިލުކަން އޭނާއަށް ލިބިފައިވެއެވެ. 1970 ގައި އޭނާ ކިޔާފައިވާ އިނގިރޭސި ލަވައެއް ކަމަށްވާ "އޯލްތްރޫ ވީ ހެއިލް ފްރޮމް ޑިފަރެންޓް ލޭންޑްސް" އަކީ އޭނާގެ ފަންނުވެރިކަމުގެ އިތުރު ހެއްކެކެވެ.

އޭނާގެ އުސޫލުތަކަށް ބަލާއިރު، ލަވަތަކުގެ ރޯޔަލްޓީއާ ގުޅޭގޮތުން ލަތާ މަންގޭޝްކަރާއެކު އުފެދުނު ޚިޔާލުތަފާތުވުމެއްގެ ސަބަބުން ހަތަރު އަހަރު ވަންދެން ދެމީހުން އެކުގައި ލަވަނުކިޔައި ތިބީ "ފިނި ހަނގުރާމައެއް" ގެ ތެރޭ ގައެވެ. ނަމަވެސް، ފަހުން މިއުޒިކް ޑައިރެކްޓަރު ޖައިކިޝަންގެ މެދުވެރިވުމާއެކު މި ދެ ލެޖެންޑުން ސުލްހަވިއެވެ.

މުޙައްމަދު ރަފީގެ އެންމެ ފުރިހަމަ ސިފައަކީ އޭނާގެ ހިތްތިރިކަމެވެ. މާލީ ދަތިކަން ހުރި އާ މިއުޒިކް ކޮމްޕޯޒަރުންނަށް އެހީވުމުގެ ގޮތުން، އެންމެ ރުފީސް އަކަށްވެސް އޭނާ ލަވަކިޔައިދީފައިވެއެވެ. އޭނާގެ ދިރިއުޅުމުގައި ބޮޑާކަމެއް ނުވަތަ ކޮންޓްރޮވާސީއެއް ނެތެވެ.

މުޙައްމަދު ރަފީއަކީ ހަމައެކަނި ލަވަކިޔުންތެރިއެއް ނޫނެވެ. އޭނާއަކީ އިންސާނިއްޔަތުކަމާއި ފަންނުވެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.

https://youtu.be/WQ7SalrDbos?si=ORIuMlqJAzSQbeWb





ކިޔުންތެރިންގެ ހިޔާލު