މުޅި ދުނިޔޭގައި ވެސް މިހާރު އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލައަކީ ދަރިމައިވުމުގެ ރޭޓް ނުވަތަ ދަރިން ހޯދާ މިންވަރު އިންތިހާއަށް ދަށަށް ދިއުމެވެ. ކުރިން ގިނަ ބަޔަކު ދެކެމުން އައީ މިއީ އިގްތިސާދީ ދަތިކަމާއި، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ.
ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، މިކަމުގެ ފަހަތުގައި ހީވެސް ނުކުރާ ފަދަ ޓެކްނޮލޮޖީގެ ބޮޑު ނުފޫޒެއް އެބައޮތެވެ. އެއީ ދުވަހަކަށްވުރެ ދުވަހެއް އިންސާނުންގެ ހަޔާތާ ބޮޑަށް ގުޅިފައިވާ "ސްމާޓްފޯން" އެވެ.
އެމެރިކާގެ ނޭޝަނަލް ބިއުރޯ އޮފް އިކޮނޮމިކް ރިސާޗުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ސްމާޓްފޯނުތައް އާއްމުވާން ފެށި ދުވަސްވަރާ ދިމާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުދިން އުފަންވާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
މި ދިރާސާ ކުރެއްވި ތަޖުރިބާކާރު ކެއިޓްލިން މިއާޒް ފާހަގަކުރައްވާ ގޮތުގައި، 2007 ވަނަ އަހަރު އައިފޯން ތައާރަފްވެ، އިންޓަނެޓާއި ސޯޝަލް މީޑިއާ އަތްމައްޗަށް އައުމާއެކު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.
ޔުނިވަސިޓީ އޮފް ސިންސިނާޓީގެ ސައިންސްވެރިން 128 ގައުމެއްގެ ހިސާބުތައް ދިރާސާކުރުމުން، މިއީ ހަމައެކަނި ހުޅަނގުގެ ގައުމުތަކަށް ހާއްސަ މައްސަލައެއް ނޫންކަމާއި، މިއީ މުޅި ދުނިޔެއަށް ކުރިމަތިވި "ޓެކްނޮލޮޖީގެ ލޮޅުމެއް" ކަން ވަނީ ހާމަވެފަ އެވެ.
ސްމާޓްފޯނުގެ ސަބަބުން ދަރިމައިވުމަށް ސީދާ ސިއްހީ އަސަރުތަކެއް ކުރަނީކީ ނޫނެވެ. ނަމަވެސް، މި ޓެކްނޮލޮޖީގެ ސަބަބުން އިންސާނީ އިޖުތިމާއީ ގުޅުންތަކަށް ވަނީ ބޮޑެތި ހީނަރުކަން އައިސްފަ އެވެ.
މީހުން ބޭރަށް ނިކުމެ ރަށްޓެހިންނާ ބައްދަލުކުރުމުގެ ބަދަލުގައި، ގޭގައި ފޯނާ ކުޅެން ވަގުތު ހޭދަކުރުން އިތުރުވެ، އިޖުތިމާއީ ގޮތުން އެކަހެރިވަމުންދާކަން ފާހަގަކުރެވެ އެވެ.
މީގެ އިތުރުން، ފޯނުން ލިބޭ މުނިފޫހިފިލުވުމުގެ ވަސީލަތްތަކުގެ ސަބަބުން، ހަޔާތުގެ ބައިވެރިއަކު ހޯދުމާއި ކައިވެނި ކުރުން ފަދަ ކަންކަން ލަސްވެ، ދެމަފިރިން އެކުގައި ހޭދަކުރާ ވަގުތު މަދުވެ ގާތްކަން ކުޑަވާކަމަށް ދިރާސާތަކުން ދައްކަ އެވެ.
މި ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ފެންނަނީ 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ކިބައިންނެވެ. އެހެންނަމަވެސް، މާހިރުން ފާހަގަކުރާ ގޮތުގައި މި މައްސަލައަށް ހަމައެކަނި ސްމާޓްފޯނަށް އިނގިލި ދިއްކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
އިގްތިސާދީ ދަތިކަމާއި، އަންހެނުން ތައުލީމާއި ވަޒީފާއަށް ދޭ ސަމާލުކަން އިތުރުވުމާއި، މުޖުތަމައުގެ އާދަކާދަތަކަށް އަންނަ ބަދަލުތަކަކީ ވެސް މި މައްސަލައިގައި ހިއްސާވާ މުހިންމު ސަބަބުތަކެވެ.
ކޮންމެއަކަސް، ދަރިމައިވުމުގެ ނިސްބަތް ދަށަށް ދިއުމުގެ ސަބަބުން މުސްތަގުބަލުގައި މަސައްކަތްތެރިން މަދުވެ، ގައުމުތަކުގެ އިގްތިސާދަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.
ސްމާޓްފޯނަކީ ދިރިއުޅުން ފަސޭހަކޮށްދިން ވަސީލަތަކަށް ވީނަމަވެސް، އޭގެ ސަބަބުން އިންސާނީ އަސާސީ ގުޅުންތަކަށް ލިބެމުންދާ ހީނަރުކަމާމެދު ފުންކޮށް ވިސްނާލަން ޖެހިފައިވާކަން މިހާރު މިވަނީ ޔަގީންވެފަ އެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު