ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސޯދީ އަދި އިޖުތިމާއީ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާނެ މުހިންމު 19 މަޝްރޫއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައި، އެކަން މިއަދު އާންމުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މި މަޝްރޫއުތައް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން، ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާ މަޝްރޫއުތައް ބަޔާންކުރުމުގެ ގޮތުންނެވެ.
މި ގަރާރުގައިވާ ގޮތުން، ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު ސިޔާސަތުތަކުގެ ދަށުން ހިންގާ މި މަޝްރޫއުތައް ހަވާލުކުރެވޭ ފަރާތްތަކުން އެންމެ މަދުވެގެން އިންވެސްޓް ކުރަންޖެހޭނެ އަދަދުތައްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީއާއި ރައްޔިތުންގެ ލާބަޔަށްޓަކައި އެކި ދާއިރާތަކުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަންކަމެވެ.
މިގޮތުން ކަނޑައެޅުނު މަޝްރޫއުތަކުގެ ތެރޭގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ގުޅުންހުރި 5 މަޝްރޫއެއް ހިމެނެއެވެ. މި ދާއިރާއިން މަދުވެގެން 25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަންޖެހޭނެ ކަމަށް ރައީސްގެ ގަރާރުގައިވެއެވެ. މީގެ އިތުރުން، އެންމެ ބޮޑު އިންވެސްޓްމަންޓެއް ބޭނުންވާ ދާއިރާގެ ގޮތުގައި ހިމަނާފައިވަނީ ދާހިލީ ސަލާމަތާއި ދިފާއީ ރައްކާތެރިކަން އަދި ފަންނިއްޔާތާ ގުޅޭ ދާއިރާއެވެ. މި ދާއިރާގެ 5 މަޝްރޫއަކަށް މަދުވެގެން 155 މިލިއަން ޑޮލަރު އިންވެސްޓް ކުރަންޖެހެއެވެ.
ބިނާރާއި ގެދޮރުވެރިކަން އަދި އުމްރާނީ ތަރައްގީއަށް އަމާޒުކޮށްގެން 4 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކަށް މަދުވެގެން 10 މިލިއަން ޑޮލަރު އިންވެސްޓް ކުރަންޖެހޭނެއެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާއި ހަށިހެޔޮކަން އިތުރުކުރުމަށްޓަކައި ހާއްސަ މަޝްރޫއެއް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫއުގެ ދަށުން މަދުވެގެން 20 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖެއަށް ލިބިގެންދާނެއެވެ.
ތިމާވެށީގެ ރައްކާތެރިކަމާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތަކަށް ވާއިރު، މި ދާއިރާއިންވެސް 4 މަޝްރޫއެއް ވަނީ އިއުލާންކޮށްފައެވެ. މި މަޝްރޫއުތަކަށް މަދުވެގެން 17 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަންޖެހޭނެ ކަމަށް ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މި މަޝްރޫއުތަކަކީ ރާއްޖޭގެ އިގްތިސޯދު ހަރުދަނާކޮށް، ދައުލަތުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ. މިކަމުގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިވެ، ގައުމުގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު