މިވަގުތު ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ އެތެރޭގެ މަސްލަހަތު ހިފަހައްޓައި، ޕާޓީ ބައިބައިވިޔަ ނުދިނުމަށް ކުރީގެ ލޯކަލް ގަވަރުމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބުތަކާ ދިމާކޮށް ވެރިކަން ކުރާ ޕާޓީތައް ބައިބައިކޮށްލުމަކީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އަދި މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި ޑީއާރްޕީ، ޕީޕީއެމް އަދި އެމްޑީޕީއަށް ވެސް މިފަދަ މަޅިތަކުގައި ޖެހި، ބައިބައިވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ ކޮންމެ ބައިބައިވުމެއްގެ އެންމެ ބޮޑު ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރުގެ ސިޔާސީ މަޝްރަހުގައި އިދިކޮޅު ފަރާތްތަކުގެ މައިގަނޑު އަމާޒަކީ ޕީއެންސީ ކަމަށް ވިދާޅުވެ، އެކަމަށް ސަމާލުވެ ހުޝިޔާރުވުމަށް އާދަމް ޝަރީފް ގޮވާލެއްވިއެވެ.
އަދި ގައުމީ މަސްލަހަތަށްޓަކައި ޕީއެންސީއަށް މިވަގުތު ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒުއާ ވާދަކުރުމަށް ޕީއެންސީގެ ތެރެއިން ބޭފުޅަކު ނުކުންނަވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކުގައި އާދަމް ޝަރީފްގެ ނަންވެސް ބޭނުން ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް، ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް އޭނާ ދެއްކެވި މި ވާހަކަތަކުން މިފަދަ އަޑުތައް ދޮގުކޮށް، ރައީސް މުއިއްޒަށް އޮތް ތާއީދު އޭނާ ވަނީ ފާޅުކޮށްފައެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު