ޕީއެންސީ ހަދާއިރާގެ މެންބަރުން
ޕީއެންސީ ހަދާއިރާގެ މެންބަރުން
މިވަގުތު ދިވެހިރާއްޖޭގައި ކުރިއަށްދާ ޑިޖިޓަލް ތަރައްގީގެ ޕްރޮގްރާމްތަކުގެ ތެރެއިން، 'މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން' ތަސައްވުރާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ދާއިރާއަށް އިންޑިއާ ހައި ކޮމިޝަނުން ލެޕްޓޮޕްތަކެއް ހަދިޔާކޮށްފިއެވެ.

ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ދާއިރާތަކުގެ ތަރައްގީއަށް މަގުފަހިކުރުމުގެ މަގުސަދުގައި ދިން މި އެހީ، މެމްބަރުންނާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމަނިއަމްއެވެ.

މި ލެޕްޓޮޕްތައް ލިބިވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުالله ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން، ކުރެންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާމިން ހަބީބު، މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކު، ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަފޫ ހާމިދު، އަދި ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ހިމެނިވަޑައިގަންނަވައެވެ.

އިންޑިއާ ހައި ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އެހީގެ ސަބަބުން ދާއިރާތަކުގެ އިދާރީ އަދި ތަރައްގީގެ މަސައްކަތްތައް ޑިޖިޓަލްކޮށް ހަލުވިކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު